ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 08:56
ޗައިނާގެ ރޭލްވޭ ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ޗައިނާގެ ރޭލްވޭ ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާއިން ކޮވިޑް-19ގެ އައު 34 ކޭސް ރިޕޯޓުކޮށްފި
 
2 ޕްރޮވިންސަކުން ގިނަ އަދަދައެއްގެ ކޭސްތަކެއް ފެނިފައިވޭ
 
ބެއިޖިންގ އިން އަލަށް ކޭސް އެއް ނުފެންނަތާ ހަތް ދުވަސް ވަނީ ވެފައި
 
ޗައިނާއިން ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހިފައިވަނީ 34 މީހުންނަށް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ކޮވިޑް-19ގެ އިތުރު 34 ކޭސް ރިޕޯޓުކޮށްފިއެވެ.

އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އައު ކޭސްގެ ތެރެއިން 29 ކޭސްއަކީ އެ ގައުމުގެ 2 އަވަށަކުން ފެނިފައިވާ ކޭސްތަކެވެ. އެގޮތުން، 20 ކޭސް ޝިންޖޭންގ ޕްރޮވިންސުން ރިޕޯޓުކޮށްފައިވާއިރު ލިއޯނިންގ ޕްރޮވިންސުން 9 ކޭސް ރިޕޯޓުކޮށްފައިވެއެވެ. 5 އިމްޕޯޓެޑް ކޭސްވެސް އެ ގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.

ޗައިނާއިން މިހާރު ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކުރަމުން އަންނަނީ އެގައުމަށް އެތެރެވާ މީހުންގެ ތެރެއިން ކަމަށް ނޭޝަނަަލް ހެލްތް ކޮމިޝަނުން ހާމަކުރި ނަމަވެސް ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ގައުމުގެ އެކި ޕްރޮވިންސްތަކުން އައު ކޭސްތައް ދަނީ ފެންނަމުންނެވެ. އަދި ބަލި އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް ހެލްތް ކޮމިޝަނުން ވަނީ ޓެސްޓް ކުރެވޭނެ އިންތިޒާމާއި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައެވެ.

ޗައިނާއިން މިހާތަނަށް އައިއިރު 83,784 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 4,634 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް