ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ބިދޭސީ މަސައްކަތްތެރިން ފޮނުވާލުން

މިހާތަނަށް ލިޔެކިޔުމެއް ނެތި އުޅުނު 1593 ބަންގްލަދޭޝް ރައްޔިތަކު އަނބުރާ ގައުމަށް ފޮނުވާލައިފި

  • ޖުމްލަ 1935 ބަންގްލަދޭޝް ރައްޔިތަކު މިހާތަނަށް ގައުމަށް ދަތުރުކޮށްފައިވޭ
  • މީގެ ތެރެއިން 342 މީހުންނަކީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރަމުން އައި ފަރާތްތައް
  • ބިދޭސީން ފޮނުވާލުމުގެ ޕްރޮގްރާމެއް ސަރުކާރުން ފެށިކަން އިއުލާންކުރީ މެއި މަހުގެ ކުރީކޮޅު

ކ. މާލެ | 3 ޖޫން 2020 | ބުދަ 19:56 | 6,080

ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމަށް ބޭއްވުނު ފްލައިޓަކަށް ބޯޑު ކުރަނީ - އެމްއޭސީއެލް

ލިޔެކިޔުމެއްނެތި ރާއްޖޭގައި މަސައްކަތްކުރަމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަންގްލަދޭޝް އަށް ނިސްބަތްވާ 1593 މީހަކު ފޮނުވާލައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ޖުމްލަ 1935 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 342 މީހުންނަކީ ގަވައިދާ އެއް ގޮތަށް ރާއްޖޭގައި މަސައްކަތްކުރަމުން އައި ފަރާތްތަކެވެ.

އަންޑޮކިއުމެންޓަޑް ނުވަތަ ގަވައިދާ ޙިލާފަށް ރާއްޖޭގައި ތިއްބެވި ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން 1593 މީހަކު ވަނީ ބަންގްލެދޭޝް އަށް ދަތުރުކޮށްފައި. އަދި ގަވައިދާ އެއްގޮތަށް މަސައްކަތްކުރަމުންދާ 342 މީހަކު ވެސް ވަނީ ބަންގްލަދޭޝް އަށް ވަނީ ދަތުރުކޮށްފައި

~ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ރާއްޖޭގައި ލިޔެކިޔުމެއްނެތި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 1500 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެއްޓެވި ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރެއްވީ މެއި މަހުގެ ކުރީކޮޅުގަ އެވެ. ރައީސް ވިދާޅުވީ، ދެ ހަފުތާގެ ތެރޭގައި މި އަދަދަށް ބިދޭސީން ފޮނުވާލެވޭނެ ކަމަށެވެ.

އަނބުރާ ގައުމަށް ދަތުރުކުރި ބިދޭސީންގެ ތެރޭގައި ގިނައީ އަމިއްލަ އަށް އަނބުރާ ގައުމަށް ދާން ބޭނުންވެގެން އެދިފައިވާ ފަރާތްތަކެވެ. އެގޮތުން މިފަހުން ބޭއްވުނު ފްލައިޓްތަކުގައި އަމިއްލަ އަށް އެދިގެން ދިއުމަށް ބޭނުންވި ފަރާތްތަކާއި ވަޒީފާ ގެއްލުމުގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނެ އެވެ.

ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގައި، އެ ގައުމުގެ ސަރުކާރުންނާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީ އިން ވަނީ އެހީތެރިވެފަ އެވެ. އަދި އެ ގައުމުން ރާއްޖެއަށް ފޮނުވި އެހީ ހިފައިގެން އައި ފްލައިޓްތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ގައުމަށް ގެންގޮސްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.