ކ. މާލެ
|
26 މެއި 2020 | އަންގާރަ 18:58
މިމައްސަލަ ލ.ގަމު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން
މިމައްސަލަ ލ.ގަމު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން
-
ފުލުހުންގެ ތަހުގީގު
މަސްތުގެ ހާލަތުގައި ގެއަކަށް ވަދެ ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއް ތަހުގީގު ކުރަނީ
 
28 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި
 
މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 25 ގައި
 
މިހާދިސާ ހިނގީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ

ލ. ގަމު ގެއަކަށް މަސްތުގެ ޙާލަތުގައި ހުރި ފިރިހެނަކު ވަދެ، އަންހެނަކާއި ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގި މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ ލ. ގަމު ގެއަކަށް މަސްތުގެ ޙާލުގައި ހުރި މީހަކު ވަދެ، 20 އަހަރުުގެ އަންހެނަކާ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގި ކަމުގެ މައްސަލައެއް މެއި މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 26 ވަނަ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
11%
11%
33%
22%
11%
11%
ކޮމެންޓް