ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ރާއްޖޭގެ މޫސުން ގޯސްވުން

މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލައް ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

  • ބައެއް ގޯތިތަކުގައި ހުރި ބޮޑެތި ރުއްގަސްތައް ވަނީ ވެއްޓިފައި
  • ގަސްތައް ވެއްޓުވުމުގެ ސަބަބުން ގެތަކަށް ގެއްލުން ލިބިފައިވޭ
  • ވައި ގަދަވުމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅުތައް އެއްލާފައިވޭ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 09:53 | 4,453

ފުވައްމުލަކު ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ފުރާޅު ހަރު ކުރުމުގެ ސައްކަތް ކުރަނީ - ފުވައްމުލަކު ސިޓީ ކައުންސިލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކު ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމާ ގުޅިގެން ބައެއް ގޯތިތަކުގައި ހުރި ބޮޑެތި ރުއްގަސްތައް ވެއްޓިފައިވާ ކަމަށާއި، ބައެއް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގެ ފުރާޅުތައް އެއްލާފައިިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މަގުތައް ފެންބޮޑުވެ، ގެތަކަށް ފެންވަނަ ނުދިނުމަށް ވެލި ބަސްތާތައް ޖަހާފައިވާ ކަމަށެވެ. ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ އެހީ ފޯރުކޮށްދީފަ އެވެ.

ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓު ކުރުމަށް 7315001 ގުޅައި ރިޕޯޓު ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. ނަމަވެސް މިހާތަނަށް ގެއްލުން ވީ ޖުމުލަ ކިހާ އަދަދެއްގެ ގެއަށް ކަމެއް އަދި ހާމަކޮށްފައެެއް ނުވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލައް ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އައްޑޫ ސިޓީގެ ގެތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެތަކަށް ފެންވަދެ ގޭތެރޭގެ ބައެއް އާލަތްތައް ހަލާކުވެފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތަށް ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.