ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުން

ކުރީގެ ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

  • އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވޭ
  • ނުޙައްގުން ކުރަމުން ގެންދާ އަނިޔާތައް ހުޓާލުމަށް ވަނީ ގޮވާލާފައި
  • ގެއަށް ބަދަލު ކޮށްދިނުމަށް އެދިފައިވޭ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 08:49 | 4,392

މަޖިލީހުގެ ރައީސް ނަޝީދު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ - ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމަނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުގެ ބޭރުން ކުރެވިފައިވާ ސިޔާސީ ހުކުމެއް ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވާތީ، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫން ކަމަށާއި، އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށެވެ.

އެމަނިކުފާނަށް ސަރުކާރުގެ ފަރާތުން އަނިޔާވެރިވަމުން ދާ ކަމަށް އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ކޯލިޝަންގެ ފަރާތުން ގޮވާލަމުންދާ ކަމަށެވެ. އަދި އެމަނިކުފާނަށް ނުޙައްގުން ކުރަމުން ގެންދާ އަނިޔާތައް ހުއްޓާލާ، އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އެދެމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ޕީޕީއެމް އަދި ޕީއެންސީން ބުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ގެންދާއިރު، އެމަނިކުފާނު ޖަލުގައި އެހުންނަވަނީ އިންސާފުން ނޫން ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަން ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއުތިރާފު ވެވަޑައިގެންފައިވާ ކަމަށެވެ.

ކޯލިޝަންގެ ފަރާތުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ސަރުކާރުގެ ހިންގާ ޕާޓީ އާއި ސަރުކާރުން ވެސް ގަބޫލުކުރާކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން، ރައީސް ޔާމީންއާ އެމަނިކުފާނުގެ އާއިލާ އަށް ނުހައްގުން ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.