ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ސަޕޯޓަރުންގެ މެމްބަޝިޕް ދެމެހެއްޓުން

މަރުވި ސަޕޯޓަރުންގެ މެމްބަޝިޕް ދަމަހައްޓަން އެތުލެޓިކޯ އިން ނިންމައިފި

  • ކޮވިޑް-19 ޖެހިގެން އެތުލެޓިކޯގެ މެމްބަޝިޕް ނަގާފައިވާ 32 ސަޕޯޓަރަކު ވަނީ މަރުވެފައި
  • އެ ސަޕޯޓަރުންގެ މެމްބަޝިޕް އަންނަ ސީޒަނުގައި ވެސް ދަމަހައްޓަން ވަނީ ނިންމާފައި

ކ. މާލެ | 19 މެއި 2020 | އަންގާރަ 22:21 | 2,291

އެތުލެޓިކޯގެ ސަޕޯޓަރުން: ކޮވިޑް-19 ޖެހިގެން އެތުލެޓިކޯގެ މެމްބަޝިޕް ނަގާފައިވާ 32 ސަޕޯޓަރަކު ވަނީ މަރުވެފައި - ގެޓީ އިމޭޖާސް

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ މެމްބަޝިޕް އަންނަ ސީޒަނުގައި ވެސް ދަމަހައްޓަން ނިންމައިފި އެވެ.

އެތުލެޓިކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މިހާތަނަށް އެ ކްލަބުގެ މެމްބަޝިޕް ނަގާފައިވާ 32 ސްޕޯޓަރަކު މަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ސަޕޯޓަރުންގެ ހަނދާނުގައި މެމްބަޝިޕް އަންނަ ސީޒަނުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އާންމު ގޮތެއްގައި އެތުލެޓިކޯ އިން ކޮންމެ އަހަރެއްގެ ޖޫން މަހު ސަޕޯޓަރުންގެ މެމްބަޝިޕް އާކުރެއެވެ. އެކަމަކު މަރުވި 32 ސަޕޯޓަރުންގެ މެމްބަޝިޕް އިތުރު 12 މަހަށް ދަމަހައްޓާނެ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގު ވެސް މެދުކަނޑާލާފައިވާއިރު، އެތުލެޓިކޯގެ ކުޅުންތެރިން ވަނީ އެކަނި ތަންރީނުތަކަށް ނުކުމެފަ އެވެ.

މީގެ ކުރިން އެ ކްލަބުގެ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، ފަހުން ހެދި ޓެސްޓުން ނެގެޓިވް ވުމާއެކު އޭނާ ވެސް ވަނީ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.

ސްޕެނިޝް ލީގުގެ ކްލަބުތަކަށް މިހާރު 10 ކުޅުންތެރިން އެކުގައި ތަމްރީނު ހެދުމުގެ ހުއްދަ ދީފައިވާއިރު، ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު އަލުން ފަށަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.