ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 03:13
ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް
ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް
ގެޓީ އިމޭޖަސް
ކޮވިޑް-19
ޖެރާޑާއިއެކު ރޭންޖާސް ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމައިފި
 
ރޭންޖާސްގެ އެގްޒެކެޓިވް ޑިރެކްޓަރުން ވެސް ވަނީ މުސާރަ ކުޑަކުރުމަށް ނިންމާފައި

އިނގިރޭސި ކްލަބު ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް އާއި އެކްލަބުގެ ކުޅުންތެރިން މުސާރަ ކުޑަކުރުމަށް ނިންމައިފިއެވެ.

ރޭންޖާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްލަބުގެ ކޯޗު ޖެރާޑާއި ސީނިއާ ޓީމުގެ ކުޅުންތެރިންގެ މުސާރަ ކުރިޔަށް އޮތް ތިން މަހަށް ކުޑަކުރުމަށް ކޯޗު އަދި ކުޅުންތެރިން ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކްލަބުގެ އެގްޒެކެޓިވް ޑިރެކްޓަރުން ވެސް މުސާރަ ކުޑަކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ޖެރާޑް ބުނީ މުސާރަ ކުޑަކުރުމަށް ކުޅުންތެރިންނާއި އޭނާ ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަށް ދިމާވާނެ މާލީ ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ކަމަށާއި، ކުޅުންތެރިންނާއި އޭނާގެ މުސާރަ ކުޑަކުރުމުން ދެންތިބި އޮފިޝަލުންނާއި، އަދި އެނޫންވެސް ވަޒީފާގައި ތިބި ކްލަބުގެ މުވައްޒަފުންގެ މުސާރަ ފުރިހަމައަށް ދެވޭނެ ކަމަށެވެ.

ޖެރާޑް އިތުރަށް ބުނީ ކްލަބުގެ ޑިރެކްޓަރުންނާއި ކުޅުންތެރިން މިދަނޑިވަޅުގައި ދައްކައިފައި މިވަނީ ނަމޫނާ މިސާލެއް ކަމަށާއި، ކުޅުންތެރިންނާއި ޑިރެކްޓަރުން ދެއްކި މިސާލުގެ ސަބަބުން އެކަމާއި ފަހުރުވެރިވާ ކަމަށެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންގްލެންޑުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން އިނގިރޭސި ކްލަބުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް