ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 21:38
ޓީސީ ޓީމު ލަންކާ އެއާޕޯޓްގައި
ޓީސީ ޓީމު ލަންކާ އެއާޕޯޓްގައި
ޓްވިޓަރ
ކޮވިޑް-19
ޓީސީ ޓީމު ރާއްޖެ ގެނެސްފި
 
ޓީސީ ލަންކާގައި ކަރަންޓީނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްރީލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބު ރާއްޖެ ގެނެސްފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭއެފްސީ ކަޕުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝްއަށް ދިޔުމުން، ސަރުކާރުން ވަނީ ޓީސީ ޓީމު ރާއްޖެ އައުމުގެ ކުރިން ލަންކާގައި ކަރަންޓީނުގެ މުއްދަތު ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށް ނިންމާފައެވެ.

ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު މިދިޔަ މަހު 26 ވަނަ ދުވަހު ހަމަވި ނަމަވެސް، އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ޓީސީ ޓީމު އާދީއްތަ ދުވަހުގެރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިންން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައެވެ. އާދިއްތަ ދުވަހުގެރޭ ޓީސީ ޓީމު ރާއްޖެ ގެނައިރު، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކަނޑައަޅާ ވަކިތަނެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރާނެ އެވެ.

ގިނަ ދުވަސްތަކަކަށްފަހު ޓީސީ ޓީމު ރާއްޖެ ގެނައިރު، ލަންކާގައި ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ބައިތިއްބާފައިވަނީ މެރީނޯ ބީޗު ހޮޓަލުގަ އެވެ. ޓީސީގެ ޚަރަދުތައް ހަމަޖެއްސީ ސަރުކާރުންނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައިވާއިރު، އޭއެފްސީން ވަނީ މާޗު މަހާއި އޭޕްރީލް މަހު އޭއެފްސީ ކަޕްގެ ހުރިހާ ސަރަހަދެއްގައި ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. ދެން އެ މެޗުތައް ކުޅޭނެ ތާރީޚެއް އޭޕްރީލް މަހަށްފަހު ކަނޑައަޅާނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް