ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 12:34
ގެސްޓް ހައުސެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގެންދަނީ
ގެސްޓް ހައުސެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގެންދަނީ
ޓްވިޓަރ
މީހަކު މަރުވުން
ބަންގްލަދޭޝް މީހަކު ގެސްޓް ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
 
މިއަދުވެސް ޑޮކްޓަރަށް ދައްކަން އޮތް
 
ޭއޭނާ އައީ މ. ކޮޅުފުށިން، ބަނޑުގައި ރިއްސާތީ އިއްޔެ އޭޑީކޭއަށް ދެއްކި
 
އޭނާ މަރުވެފައިވާކަމުގެ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:10 ހާއިރު

ބަންގްލަދޭޝް މީހަކު ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ހެންވޭރު ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއެއްގައި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށް އާދިއްތަ ދުވަހުގެ 9:10 ހާއިރު، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހަކީ މ. ކޮޅުފުށިން އައި މީހެއްކަމަށާއި، އެމީހާ ބަނޑަށް ތަދުވާތީ މިމަހުގެ 28 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާ އާދިއްތަ ދުވަހުވެސް ޑޮކްޓަރަށް ދައްކަން ޑޮކްޓަރު އިރުޝާދުދީފައިވާކަން ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމުގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖެއިންވެސް އެބަލި ފެނިފައިވާތީ، ރާއްޖޭގައި ވެސް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ނެވެ. އެގޮތުން މަރުވި އެމީހާގެ ހަށިގަނޑުވެސް އެ ގެސްޓް ހައުސްއިން ނެރެ، ގެންދިޔައީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ފާމަސޫޓިކަލް ވަޞީލަތްތައް ބޭނުންކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް