ކ. މާލެ
|
27 މާރޗް 2020 | ހުކުރު 00:28
ވެނަޒުއޭލާގެ ރައީސް މަޑޫރޯ
ވެނަޒުއޭލާގެ ރައީސް މަޑޫރޯ
ގޫގުލް
ވެނުޒުއޭލާ
ވެނުޒުއޭލާގެ ރައީސްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލައިފި!
 
މަޑޫރޯގެ މައުލޫމާތު ހާމަކުރާ މީހަކަށް 15 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައި

ވެނުޒުއޭލާގެ ރައީސް ނިކޮލަސް މަޑުރޯއާ ދެކޮޅަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފިއެވެ.

މަޑޫރޯގެ މައްޗަށް ދައުވާ އުފުލާފާއިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންނެވެ. ބަންޑާރަ ނައިބް ވިލިއަމް ބާ ވިދާޅުވީ، ވެނުޒުއޭލާގައި ޑްރަގް ޓްރެފިކް ކުރުމުގައި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ގައުމުގެ ރައީސްގެ މަޑޫރޯ ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް ހުށައަޅާފައިވާ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމެންޓުން ބުނީ، 200-250 މެޓްރިކް ޓަނުގެ ކޮކެއިން ވެނަޒުއޭލާއިން ބޭރު ކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. މަޑޫރޯ ހޯދި މީހަކަށް 15 މިލިއަން ޑޮލަރު ސްޓޭޓް ޑީޕާޓްމެންޓުން ވަނީ ހުށައަޅާފައެވެ.

މަޑޫރޯއާ ގުޅުން ހުރި މައުލޫމާތު ހާމަކުރަ ފަރާތްތަކަށް 55 މިލިއަން ޑޮލަރު ހުށައެޅުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ. މި ދައުވާތަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް މަޑޫރޯ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
29%
29%
0%
29%
14%
0%
ކޮމެންޓް