ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ގަން އިންޓަނޭޝަނަލް އެއާޕޯޓު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފި

  • ރައްޔިތުންގެ ސަލާމަތަށް އެޅި ފިޔަވަޅެއް
  • ގަމަށް އަރާ ފޭބޭނެ ގަޑިއަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށް
  • ރޭގަނޑު ފްލެއިޓެއް ފުރާނަމަ ޗެކިންގެ 30 މިނެޓު ކުރިން ހުޅުވޭނެ

އަމްނާ އިމާދު
amnabinthimad

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 20:45 | 3,747

ގަން އިންޓަނޭޝަނަލް އެއާޕޯޓު - އަމްނާ އިމާދު

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ސ. ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސ. ގަމަށް އަރާ ފައިބާ އުސޫލަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން 26 މާރިޗު ވީ ބުރާސްފަތު ދުވަހުން ފެށިގެން އާންމުކޮށް ގަމަށް އަރާ ފޭބޭނެ ގަޑިއަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށް ކަމަށެވެ. އަދި ހަމަ މިއާއިއެކު ރޭގަނޑު ފުރުމަށް ފުލައިޓް ޝެޑިއުލް ކުރެވިފައިވާނަމަ ޗެކިން ފެށުމުގެ 30 މިނެޓް ކުރިން ހުޅުވުމަށްފަހު ފްލައިޓް ފުރާތާ 30 މިނެޓް ފަހުން ބަންދު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަން ނިންމާއިފައިވާއިރު، އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފައެވެ. އަދި އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅާނެކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.