ކ. މާލެ
|
25 މާރޗް 2020 | ބުދަ 12:52
ބޭސްތަކެއް
ދި ހިންދޫ
ކޮވިޑް-19
ކޮވިޑް-19: ބައެއް ބޭސްތައް އިންޑިއާއިން ބޭރުކުރުން މަނާކޮށްފި
 
އިންޑިއާއިން ވަނީ މީގެ ދެ ހަފްތާކުރިން މާސްކާއި ސެނެޓައިޒަރ ފަދަ ބައެއް ތަކެތި ވެސް އެކްސްޕޯޓު ކުރުން މަނާކޮށްފަ
 
މެލޭރިއާ ފަރުވާދެމުންދާ ބޭސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރޭ
 
ކޮވިޑް-19 އަށް މިހާތަނަށް ބޭހެއް އުފެއްދިފައެއް ނުވޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިހާތަނަށް އެ ބައްޔަށް ބޭހެއް އުފެއްދިފައިނުވާތީ، އެ ބައްޔަށް ފަރުވާ ދިނުމަށް މިހާރު ބޭނުންކުރަމުންދާ ބައެއް ބޭސްތައް އިންޑިއާއިން ބޭރުކުރުން މަނާކޮށްފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެލޭރިއާ ބައްޔަށް ބޭނުންކުރަމުންދާ ބޭސް، ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ބޭނުންކުރަމުންދާއިރު، އިންޑިއާގައި މިހާރު ކޮވިޑް-19 ފެތުރެމުންދާ ހާލަތަށް ބަލާއިރު އެގައުމަށް އެކަށީގެންވާ ވަރަށް ބޭސް ބަހައްޓަންޖެހޭތީ، އެ ބޭސް އިންޑިއާއިން އެކްސްޕޯޓްކުރުން ވަގުތީ ހުއްޓާލާފައިވާ ކަމަށެވެ.

މީދެ ހަފްތާއެއްހާ ދުވަސްކުރިން އިންޑިއާއިން ވަނީ ބައެއް ފާމަސޫޓިކަލް އާލަތްތައް އެކްސްޕޯޓު ކުރުންވެސް މަނާކޮށްފައެވެ. އެގޮތުން، ސާރޖިކަލް މާސްކާއި ސެނިޓައިޒަރ ފަދަ ތަކެތި ވެސް ހިމެނެއެވެ.

އިންޑިއާގައި މިއަދާ ހަމައަށް 562 މީހަކަށް ކޮވިޑް-19 ޕޮޒިޓިވް ވެފައިވާއިރު، 10 މީހަކު ވަނިީ މަރުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާއިން ވެސް ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިންޑިއާގެ އެތެރޭގެ ހުރިހާ ވައިގެ ހިދުމަތްތަކެއް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މި މަހުގެ ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން 21 ދުވަހުގެ މުއްދަތަށް އިންޑިއާ ލޮކްޑައުން ކުރިކަން ވަނީ އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
20%
0%
80%
0%
0%
0%
ކޮމެންޓް