ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮރޯނާވައިރަސް (ކޮވިޑް-19)

އެފްއޭއެމްގެ މުވައްޒަފުން ދެން މަސައްކަތް ކުރާނީ ގޭގައި

  • މިމަހުގެ 22 އިން 28 އަށް އެފްއޭއެމްގެ އިދާރާ ބަންދުކުރަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 22 މާރޗް 2020 | އާދީއްތަ 09:51 2,700

އެފްއޭއެމްގެ އިދާރާ - ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އެފްއޭއެމުން ހޮނިހިރު ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއް ބުނެފައިވަނީ ދިވެހި ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެމުންދާ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން އެ އެސޯސިއޭޝަނުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުގެ ރައްކާތެރިކަމާއި އެ އެސޯސިއޭޝަނުގެ މެމްބަރު ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެ މީހުންގެ އާއިލާތަކުގެ ރައްކާތެރިކަމާއި އަދި އާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެސޯސިއޭޝަން ބަންދުކުރުމަށްފަހު، އެސޯސިއޭޝަންގެ މުވައްޒަފުން އެ މުވައްޒަފެއްގެ ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެފްއޭއެމް ބަންދުކުރި ނަމަވެސް، އެ އެސޯސިއޭޝަނުގެ މަސައްކަތްތައް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް[email protected]ގެ ޒަރިއްޔާއިން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމްގެ އިދާރާ ބަންދުކުރިއިރު، މީގެކުރިން އެ އެސޯސިއޭޝަނުން ވަނީ އެ އިދާރާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތްތަކެއް ފަސްކުރުމުގެ އިތުރަށް، ވައިޑީޕީ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި ގިނަ ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ އެ އެސޯސިއޭޝަނެއްގެ ހަރަކާތްތައް މެދު ކަނދާލާފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު، މީގެ ތެރެއިން 3 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް