ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 10:05
\"ފްރެންޑްސް\" ސިޓްކޮމްގެ މައި ހަ ތަރިން
"ފްރެންޑްސް" ސިޓްކޮމްގެ މައި ހަ ތަރިން
ގޫގުލް
ފްރެންޑްސް
"ފްރެންޑްސް" ގެ ރިޔޫނިއަން އެޕިސޯޑެއް އެޗްބީއޯ މެކްސްއަށް!
 
"އެޗްބީއޯމެކްސް" ލޯންޗް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ މޭ މަހު
 
ޝޯވ ގެ މައި ހަ ތަރިން ވެސް މި އެޕިސޯޑްގައި ބައިވެރިވާނެ
 
"އެޗްބީއޯމެކްސް"އަށް ފްރެންޑްސްގެ ހާއްސަ އެޕިސޯޑެއް އަންނަކަން އިއުލާންކޮށްފައިވަނީ މި ހަފްތާ ބަންދުގައި

2004 ވަނަ އަހަރު ނިންމާލި، އެމެރިކާގެ މަޝްހޫރު ކޮމެޑީ ސިޓްކޮމް "ފްރެންޑްސް"ގެ ރިޔޫނިއަން އެޕިސޯޑެއް އިއިލާންކޮށްފިއެވެ.

މި އަހަރުގެ މޭ މަހު ލޯންޗް ކުރަން ހަމަޖެހިފައިވާ، ވޯނަރ މީޑިއާގެ ސްޓީރީމިންގ ސަރވިސްއެއްކަމަށްވާ "އެޗްބީއޯ މެކްސް"އަށް ފްރެންޑްސްގެ ހާއްސަ އެޕިސޯޑެއް އަންނާނެކަން އިއުލާން ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

މަޝްހޫރު ސްޓްރީމިންގ ސަރވިސްއެއްކަމަށްވާ "ނެޓްފްލިކްސް"އިން މިހާރު ފްރެންޑްސް ނަގާފައިވައިރު، ކުރީގެ 236 އެޕިސޯޑްވެސް "އެޗްބީއޯ މެކްސް" ސްޓްރީމިންގް ޕްލެޓްފޯމުން މޭ މަހުން ފަށައިގެން ބެލޭނެއެވެ.

"ފްރެންޑްސް"ގެ ރިޔޫނިއަން އެޕިސޯޑްގައި ޝޯވގެ މައި ތަރިން ޖެނިފަރ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، ޑޭވިޑް ޝްވިމަރ، މެޓް ލެ ބްލާންކް އަދި މެތިއު ޕެރީ ބައިވެރިވާނެކަން ވަނީ އިއުލާންކޮށްފައެވެ.

މީގެ ކުރިން، ޝޯވގެ ތަރިންތައް އެއްވެފައިވަނީ މިފަދަ ގިނަ ސިޓްކޮމްތަކެއް ޑައިރެކްޓް ކުރި ޖިމް ބަރޯސްއަށް ބޭއްވި ހަފްލާއެއްގައެވެ. ނަމަވެސް، 2016 ވަނަ އަހަރު އޮތް މި ހަފްލާގައި ބައިވެރިވެފައިވަނީ ފަސް ތަރިންނެވެ. ބްރޯޑްވޭ ޝޯވއެއްގެ މަސައްކަތުގައި ލަންޑަންގައި ހުރުމުން ޗޭންލަރ ބިންގް ގެ ރޯލުން ފެންނަ މެތިއު ޕެރީ އަށް މި ހަފްލާގައި ބައިވެރިއެއް ނުވެވުނުވެ.

އެޗްބީއޯ މެކްސްއަށް "ފެރްންޑްސް"ގެ ހާއްސަ އެޕިސޯޑެއް އަންނަކަން ސޯޝަލް މީޑީއާ މެދުވެރިކޮށް އިއުލާންކޮށްފައިވާއިރު، ޝޯވެ ގެ ތަރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެއް ފޮޓޯއެއް ޝެއާކޮށްފައެވެ.

"އެކަންތައް ވަނީ..." ޖަހާފައި މި ފޮޓޯ ޖެނިފަރ، ކޯޓްނީ، ލީސާ، ޑޭވިޑް އަދި މެތިއުކޮށްފައިވާއިރު، މެޓްގެ ފޮޓޯ ކުޑަކޮށް ތަފާތެވެ.

މި ހާއްސަ އެޕިސޯޑް ޑައިރެކްޓް ކުރާނީ ބެން ވިންސްޓަންއެވެ. އަދި އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ޑޭވިޑް ކްރޭން، މާޓާ ކޯފްމަން އަދި ކެވިން ބްރައިޓް ހިމެނެއެވެ.

ނަމަވެސް މިއީ ޝޯވގެ ރީބޫޓެއް ނޫނެވެ. ގަބޫލުކުރެވޭ ގޮތުން ހަ ތަރިން އެއްވެ 25 އަހަރު ކުރިން ފެށި، އަދިވެސް އެތައް ބައެއްގެ މަގުބޫލުކަން ހޯދަމުންދާ ޝޯވ ގެ ހަނދާންތައް އާ ކުރާނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް