ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 13:39
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ފަތުރުވެރިކަން
ޓޫރިޒަމް އެމްޕްލޯއީ އެވޯޑް ތައާރަފުކޮށްފި
 
މި އެވޯޑް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ އެންޑޯޒްކޮށްފަ
 
ދާއިރާގެ މަސައްކަތްތެރިންގެ ޚިދުމަތް ފާހަގަކުރުމަކީ ކުރަންޖެހިފައިވާ ކަމެއް
 
އެވޯޑްގެ އުސޫލްތަކާއި ކެޓަގަރީތައް، އަދި ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާންކުރާނެ

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީކަމުގައިވާ، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތައާރަފުކޮށްފި އެވެ.

ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑުން ތައާރަފުކުރި "މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް"އަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށްޓަކައި ދޭ ފުރަތަމަ އެވޯޑެވެ. މި އެވޯޑް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ އެންޑޯޒްކޮށްފަ އެވެ.

އެވޯޑް ތައާރަފުކުރުމަށް، އުނިމާ ގްރޭންޑް ހޮޓެލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، ޓީމްގެ ފަރާތުން އެވޯޑް އެންޑާޒްކުރި ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް މައުރޫފް ޒާކިރެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، އަދި މަސައްކަތްތެރިން އެންމެ ގިނަ އިންޑަސްޓްރީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި އެވޯޑެއް ތައާރަފުކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރަނގަޅު ފެށުމެއް ކަމަށެވެ.

އިވެންޓް މެނޭޖްކުރުމާއި ޕަބްލިކް ރިލޭޝަންސް އާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ، ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (އަބޯ) ވިދާޅުވީ، އެ ކުންފުނިން މިފަދަ އެވޯޑެއް ތައާރަފުކުރަން ނިންމީ، ރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ ޓޫރިޒަމް ދާއިރާކަމަށް ވެފައި، އަދި ރާއްޖޭގެ މޫނުމައްޗަކީ ވެސް އެ ދާއިރާ ކަމަށްވާއިރު، އެ ދާއިރާގެ މަސައްކަތްތެރިންގެ ޚިދުމަތް ފާހަގަކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ގަބޫލްކުރައްވާތީ ކަމަށެވެ.

ޓޫރިޒަމްގެ މައިގަނޑު ކޮންމެ ދާއިރާއަކުން ވެސް، އެންމެ ގަދަ މުވައްޒަފު ހޮވައި އެވޯޑް ދޭނެވެ. މި އެވޯޑްގެ އުސޫލްތަކާއި ކެޓަގަރީތައް، އަދި ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އޭގެ އިތުރުން ސްޕޮންސަރުންނާއެކު ސޮއިކުރުން ވެސް އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް