ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:33
ޖޭއެސްސީގެ މެމްބަރުންތަކެއް
ޖޭއެސްސީގެ މެމްބަރުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖިންސީ ގޯނާގެ މައްސަލަތައް ކޯޓު މަރުހާލަގައި އަވަހަށް ނިންމަން ޖޭއެސްސީން މަސައްކަތް ކުރަނީ
 
ކުޑަ ކުއްޖާގެ މައްސަލާގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާކުރަމުން
 
ޖޭއެސްސީން އެހެން ނިންމާފައިމިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ އިތުރުވެފައިވަނިކޮށް

ކުޑަކުދިންނަށް ޖިންސީގޯނާކުރާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް، އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް، މައްސަލަތައް އަވަސް ކުރުމާގުޅޭ ގޮތުން މަޝްވަރާކޮށް އެމައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ''ބްލޮކް ޓްރައިލްސް'' ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުޢީ ދާއިރާގެ ތެރޭގައި ޤާއިމުކުރުމަށާއި، މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް (ޑީޖޭއޭ) އަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އަވަސް ކުރުމުގެ މަސައްކަތް ފަށާފައިމިވަނީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހޫނުވެ އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ރޭޕާއި ދެކޮޅަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޑުއުފުލަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް