އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ދުނިޔެ - ފަލަސްތީން

އދ އިން ފަލަސްތީނުގެ ރެފިޔުޖީންނަށް ދޭ އެހީގެ މުއްދަތު އިތުރުކޮށްފި

  • އދ ގެ އާންމު މަޖިލީހުން ނިންމާފައިވަނީ ފަލަސްތީނުގެ ރެފިޔުޖީންނަށް 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 14 ޑިސެންބަރު 2019 | ހޮނިހިރު 22:42 2,316

ޔޫއެންއާރުޑަބްލިއުއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ - އަލްޖަޒީރާ

އދ ގެ އެހީދޭ އެކި އެކި ޖަމްޢިއްޔާތަކުން ފަލަޞްޠީނުގެ ރެފިޔުޖީންނަށް އެހީ ފޯރުކޮށްދޭ މުއްދަތު ތިން އަހަރަށް އިތުރުކޮށްފި އެވެ.

އެމެރިކާ އާއި އިސްރާއީލްގެ ފިއްތުންތަކާއެކުވެސް އދ ގެ ޢާންމު މަޖިލީހުން ނިންމާފައިވަނީ ފަލަޞްޠީނުގެ ރެފިޔުޖީންނަށް 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔުމަށެވެ. އާންމު މަޖިލީހުގެ 169 ޤައުމަކުން އެހީ ދޭ މުއްދަތު އިތުރުކުރުމަށް ވޯޓު ދިންއިރު އެއްވެސް ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދިނީ 9 ޤައުމެކެވެ. އެގޮތުން އިސްރާއީލާއި، އިސްރާއީލަށް ފާޅުގަ ވާގިވެރިވެދެމުން އަންނަ އެމެރިކާ އިން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފައެވެ.

އދ އިން ފަލަޞްޠީނުގެ ރެފިޔުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަޒުމުގަ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) ގެ ނަމުގައި 1949 ވަނަ އަހަރު ޖަމްޢިއްޔާއެއް އުފެއްދިއެވެ. މިޖަމްޢިއްޔާގެ ފަރާތުން ފަލަޞްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއާއި، ޢައްޒާ އާއި އުރުދުން އާއި ލުބުނާން އަދި ސީރިއާގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓްރީ ކޮށްފައިވާ ފަސް މިލިއަން ރެފިޔުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދެ އެވެ.

މިޖަމާޢަތަށް ބަޖެޓު ލިބުމުގައި މިދިޔަ އަހަރުން ފެށިގެން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެއީ އެންމެ ގިނައިން އެހީދޭ އެމެރިކާ އިން ކުރިން ދެމުން އައި 360 މިލިއަން ޑޮލަރު ނުދީ ހިފެހެއްޓުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް