ހުކުރު 25 ސެޕްޓެންބަރ 2020
05 އަތަ
1442 ސަފަރު 07
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:03
އިޝާ 19:14
ދަބަންގް 3

ދަބަންގް 3 ގައި ސަލްމާން 500 މީހުންނާއި ކުރިމަތިލާ މަންޒަރެއް

  • ފިލްމު ރިލީޒް ކުރަނީ މި މަހު 20 ގައި

ކ. މާލެ | 12 ޑިސެންބަރ 2019 | ބުރާސްފަތި 00:19 | 9,892

ދަބްންގް ރިލީޒް ކުރަން ހަމަޖެހިފައިވާނީ މި މަހު - ހިންދުސްތާނީ ޓައިމްސް

ސަލްމާން ހާންގެ ފޭނުން މިހާރު އެންމެ އިންތިޒާރު ކުރަމުންދާ އެއް ފިލްމަކީ ''ދަބަންގް 3'' އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުން ފިލްމުގައި ނުބައި ރޯލު ކުޅޭ ސުދީޕްއާ ސަލްމާން ކުރިމަތިލާން ޖެހޭއިރު، އޭނާގެ 500 މީހުންނާ ސަލްމާން ތަޅާ ސީނެއް ހިމެނޭއެވެ.

ފިލްމާއި ބެހޭ ގޮތުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ، އެ ފިލްމުގައި ހިމެނޭ އެ މަންޒަރު ވެގެންދާނީ ސަލްމާނުގެ ފިލްމެއްގައި ހިމެނޭ އެންމެ ވަރުގަދަ އެކްޝަން މަންޒަރު ކަމަށެވެ. އެމީހުންނާއި ކުރިމަތިލުމުގެ އިތުރުން ސަތޭކާ ކާރު އެއްްލާލަން ޖެހޭ މަންޒަރެއްވެސް ހިމެނޭ ކަމަށެވެ.

"ދަބަންގް3" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ގައެވެ. މި ފިލްމް ވަނީ ހިންދީ، ޓެމިލް، ތެލުގު އަދި ކަންނަޑާއިން ރިލީޒް ކުރުމަށް ހަމަޖެހިފައެވެ.

"ދަބަންގް3" ގައިވެސް ސަލްމާންގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމްގައި މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ ސަލްމާންގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. ދަބަންގް ތިން ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.