ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ކުޅިވަރު - ވިލިއަން

ވިލިއަން ހޯދަން ބާސާ އަދި ޔުވެންޓަސްއިން މަސައްކަތް ކުރަނީ

  • ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނަށްފަހު

ލީވާން އަލީ
MrLeevaan

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 18:50 3,482

ވިލިއަން - ގެޓީ އިމޭޖާސް

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ވިލިއަން ހޯދަން ބާސެލޯނާ އަދި ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރަރއިން ބުނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފަރއަށް އަމާޒުކޮށް ވިލިއަން ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ބާސާ އަދި ޔުވެންޓަސް ހިމެނޭ ކަމަށެވެ.

އުމުރުން 31 އަހަރުގެ ވިލިއަން ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، އޭނާ މި ސީޒަނަށްފަހު ފްރީ ޓްރާންސްފަރއެއްގެ ދަށުން ބާސާއަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިލިއަން ބުނީ، އާ އެއްބަސްވުމެއްގައި ސޮއިކުރަން ކްލަބުން ބޭނުންވާކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އާ އެއްބަސްވުމެއް އޭނާ ބޭނުންވާ ކަމަށެވެ.

ކުރިމަގު އޮތީ ޗެލްސީއާ އެކުކަން ފާހަގަކުރަމުން ވިލިއަން ބުނީ، ޗެލްސީގައި ހޭދަކުރި ފަސް އަހަރާ ބައިގެ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ކްލަބާ އެކު ހޯދިފައިވާ ކަމަށާއި، ކްލަބުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރ ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 307 މެޗުގައި 55 ލަނޑު ކާމިޔާބު ކޮށްފައެވެ.

ވިލިއަން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ފުޓުބޯޅަ ލީގު ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 69 މެޗުގައި ނުވަ ލަނޑު ކާމިޔާބު ކޮށްފައިވާ ވިލިއަން ވަނީ 2007 ވަނަ އަހަރު ބްރެޒިލްގެ 20 އަހަރުން ދަށުގެ ޓީމާއެކު ސައުތު އެމެރިކަން ޔޫތު ފުޓުބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް