ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ކުޅިވަރު - ސްޕޯޓްސް ކޮމެޝަނަރ ހީނާ ސަލީމް

ޒާތީވެގެން މަސައްކަތް ކުރުން ހުއްޓާލާ: ހީނާ ސަލީމް

  • ވީއޭއެމްގެ ރައީސް ކަމުން ލަތީބެ ވަނީ ވަކި ކޮށްފަ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 5 ނޮވެންބަރު 2019 | އަންގާރަ 18:47 2,038

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު - ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މައްސަލައިގައި ޒާތީވެގެން މަސައްކަތް ނުކުރުމަށް ވީއޭއެމްގެ ރައީސް ކަމުން ވަކިކުރި މުޙައްމަދު ލަޠީފަށް ނަޞޭޙަތްތެރިވާ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވީސްޕޯޓްސް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގައި ލަތީބެ ޒާތީވެގެން މަސައްކަތް ނުކުރުމަށް ގޮވާލާ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ ޙައިޞިއްޔަތުން ލަތީބެ އާއި އެއްވެސް މައްސަލައެއް ނެތް ކަން ފާހަގަ ކުރަމުން ހީނާ ވިދާޅުވީ ލަތީބެ އަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި ކޮފީ މޭޒު ތަކުންނާއި އޮފީހުގައި ވެސް ލަތީބެ އާއި އެތައް ފަހަރަކު ބައްދަލު ކޮށްފައިވާނެ ކަމަށެވެ.

ލަތީބެގެ ދައުރުގައި ވީއޭއެމްގެ ގިނަ ކަންކަން ރަނގަޅު ކަމަށް ބުނަމުން ސަލީމް ވިދާޅުވީ ވީއޭއެމްގެ ގިނަ ކަންކަން އިސްލާހުކުރުމަށް ލަތީބެ މަސައްކަތް ކުރިނަމަވެސް، ވީއޭއެމްގެ އިންތިޚާބުގައި ވޯޓުލެވޭ އެންމެ ކްލަބަކަށްވެ، ދެ މީހުން ދެކޮޅުގައިތިބެ އަހަރީ ޖަލްސާ ބާއްވާ ހިސާބަށް ކަންކަން ދިޔުމުން ކޮމެޝަނަރުގެ ޒިންމާ އެކަމުގައި އޮންނަން ވާނެ ކަމަށް އޭނާ ދެކޭ ކަމަށެވެ.

ވީއޭއެއެމްގެ ރައީސް ކަމުން ލަތީބެ ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމާއި މައްސަލަ ތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑު ތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަތައް ފެށިގެން ދިޔައީ ވީއޭއެމްގެ އިންތިޚާބީ ކޮމެޓީ އަތުން ބާރުތަށް ނަގައި، އެ ބާރުތައް ސަލީމް އިސްވެ ހުންނަވައި ހެދި ވޮލީ ނޯމަލައިޒޭޝަން ކޮމެޓީ އާއި ހަވާލުކުރި ހިސާބުންނެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައި ނުގަންނަ ކަމަށާއި އެ ކޮމެޓީއިން ނިންމާ ނިންމުންވެސް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ވޮލީ ނޯމަލައިޒޭޝަން ކޮމެޓީގެ ބަދަލުގައި އިންތިޚާބީ ރައީސް ލަތީބެ އާއި މުއާމަލާތުކުރުމަށް ވެސް އެފްއައިވީބީއިން އަންގައިފައެވެ.

އެފްއައިވީބީން މިހެން އަންގާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ޞައްޙަ މެމްބަރު ކްލަބްތަކެއް ކަނޑަ އަޅައި، ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވައިދަށް ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް