އަންގާރަ 28 ޖެނުއަރީ 2020
10 ހުވަން
1441 ޖުމާދުލް އާހިރަތު 03
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަޣްރިބް 18:19
އިޝާ 19:34
ކުޅިވަރު - ޝޫޓިން ޓީމު

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޝޫޓިން ޓީމު ފުރައިފި

  • މި މުބާރާތް ކުރިޔަށްދާނީ މި މަހު 3 ކުން 13 އަށް

އަތޫފް އާތިފް
AthifAthoof

ކ. މާލެ 3 ނޮވެންބަރު 2019 | އާދީއްތަ 20:14 2,260

ގައުމީ ޝޫޓިން ޓީމު - ސޯޝަލް މީޑިއާ

އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އޭޝިއާގެ އެންމެ ބޮޑު ޝޫޓިން މުބާރާތްކަމަށްވާ އޭޝިއަން ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ރާއްޖޭގެ ޝޫޓިންގ ޓީމު ޤަތަރަށް ފުރައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އޭޝިއަން ޝޫޓިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ޝޫޓިން ޓީމުގައި 6 އެތްލީޓުންނާއި ހެޑް ކޯޗެއްގެ އިތުރުން މެނޭޖަރެއް ހިމެނެއެވެ.

ޓީމުގައި ހިމެނުނު އެތްލީޓުންނަކީ ސާރޖަންޓް އަޙްމަދު އިބްރާހީމް، ސާރޖަންޓް ފަސްޓް ކްލާސް ޢަބްދުﷲ މުޙައްމަދާއި، ސާރޖަންޓް ޝަރަފިއްޔާ އަބްދުއްރަޙްމާނާއި، ކޯޕްރަލް ރިއުޝާ މުޙައްމަދާއި، ލާންސް ކޯޕްރަލް އާސިފާ ޖައުފަރާއި ޕްރައިވެޓް ޒިޔާން ޒިޔާއު އެވެ. މި ޓީމުގެ ހެޑް ކޯޗަކީ ސާރޖަންޓް ފަސްޓް ކްލާސް ޙަސަން އަބްދުލްޣަފޫރެވެ. އަދި މެނޭޖަރަކީ ސްޓާފް ސާރޖަންޓް އަޙްމަދު ސިރާޖެވެ.

އޭޝިއަން ޝޫޓިންގ ޗެމްޕިއަންޝިޕްގައި ޝޫޓިންގ ޓީމުން ވާދަކުރާ އިވެންޓުތަކުގެ ތެރޭގައި 50 މީޓަރު 03 ޕޮޒިޝަން ރައިފަލް މެންސް އިވެންޓާއި، 50 މީޓަރ ޕްރޯން ރައިފަލް މެންސް އިވެންޓާއި، 10 މީޓަރު އެއާ ޕިސްޓަލް މެންސް އިވެންޓާއި، 25 މީޓަރު ސްޕޯޓްސް ޕިސްޓަލް ވިމެންސް އިވެންޓާއި، 10 މީޓަރު އެއަރ ރައިފަލް ވިމެންސް އިވެންޓް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް