އަންގާރަ 12 ނޮވެންބަރު 2019
12 ވިހާ
1441 ރަބީއުލް އައްވަލް 15
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:13
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ގޭމް އޮފް ތްރޯންސް

ގޭމް އޮފް ތްރޯންސްގެ ޕްރީކުއެލް: 'ހައުސް އޮފް ދަ ޑްރެގަން' އެޗްބީއޯއަށް އަންނަނީ!

  • ފުރަތަމަ އަޑު އިވުނީ "ގޭމް އޮފް ތްރޯންސް" ޕްރީކުއެލްއެއް ކުރިއަށް ނުގެންދިއުމަށް އެޗްބީއޯއިން ނިންމި ވާހަކަ

އައިޝަތު ޝާނީ
Shaaknee

ކ. މާލެ 30 އޮކްޓޯބަރ 2019 | ބުދަ 23:18 2,748

"ހައުސް އޮފް ދަ ޑްރެގަން"ގެ ލޯގޯ - އެޗްބީއޯ

"ގޭމް އޮފް ތްރޯންސް" އުފައްދާ އެޗްބީއޯއިން އެއް ޕްރީކުއަލްއަށް ނޫނެކޭ ބުނެފައިވާއިރު، އެހެން ޕްރީކުއެލްއެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ފޭނުން އިންތިޒާރުކޮށްގެންތިބި ޕްރީކުއަލްއަށް އެޗްބީއޯއިން ނޫނެކޭ ބުނި އަޑެ ފުރަތަމަ އިވިފައިވާއިރު، އެ ވެގެންދިޔައީ ފޭނުންނަށް ވަރަށް ހިތާމަވެރި ހަބަރަކަށެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ދެން އިވުނީ އެހެން ޕްރީކިއުލްއެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާކަމެވެ. އެއީ "ހައުސް އޮފް ދަ ޑްރެގަން"އެވެ.

"ހައުސް އޮފް ދަ ޑްރެގަން" ގައި ފެނިގެންދާނީ ހައުސް އޮފް ޓާގޭރިއަންގެ ވާހަކަތަކެވެ. އަދި މީގެއިން، "ގޭމް އޮފް ތްރޯންސް" އިން ފެނިގެންދިޔަ އެމީލިއާ ކްލާކްގެ ރޯލްކަމަށްވާ "ޑެނޭރީސް" އާއި ކިޓް ހެރިންގޓަންގެ "ޖޯން ސްނޯ" ފެނިގެންދާނެކަމަށް ބެލެވެއެވެ.

މި ސީރީޒްގެ 10 އެޕިސޯޑް ހަދަން އަންގާފައިވާއިރު، ފެންނާނީ "ގޭމް އޮފް ތްރޯންސް"ގައި ފެނިގެންދިޔަ އިރަށް ވިރެ 300 އަހަރު ކުރިއެވެ.

މީގެ އިތުރުން "ހައުސް އޮފް ދަ ޑްރެގަން" އަކީ "ގޭމް އޮފް ތްރޯންސް" ވެސް ލިޔުނު ޖޯޖް އާރް.އާރް މާޓިންގެ ފޮތެއްކަމަށްވާ "ފަޔަރ އެންޑް ބްލަޑް" ފޮތްތަކުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

އެޗްބީއޯއިން ކުރިއަށް ނުގެންދާން ނިންމި ޕްރީކުއެލްގައި ފެނިގެންދާނީ އަދި މާކުރިއެވެ. ގާތްގަނޑަކަށް ހާހެއް ހާ އަހަރު ކުރިއެވެ. އަދި އެ ޕްރީކުއަލްގައި "ގޭމް އޮފް ތްރޯންސް" އިން ފެނިގެންދިޔަ ވައިޓް ވޯކަރޒްގެ އޮރިޖިން އެނގިގެންދާނެއެވެ.

މި ޕްރީކުއެލްއަށް އެޗްބީއޯއިން ނޫނެކޭ ބުނެފައިވަނީ ޕައިލަޓް އެޕިސޯޑްވެސް ޝޫޓް ކުރި ފަހުންނެވެ. ހޮލީވުޑްގައި އާންމުކޮށް ސީރީޒްއެއް ކުރިއަށް ގެންދަން ނިންމާނީ ޕައިލަޓް އެޕިސޯޑެއް ނެގުމަށްފަހު ޓެސްޓްކޮށްފައެވެ. ނަމަވެސް "ހައުސް އޮފް ދަ ޑްރެގަން"ގެ ޕައިލަޓް އެޕިސޯޑެއް ނުނަގާ، ޝޫޓް ކުރަން ވަނީ އަންގާފައެވެ.

"ހައުސް އޮފް ދަ ޑްރެގަން" ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް