ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 13:04
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
މިނިސްޓްރީ އޮފް ޓޫރިޒަމް
ރިޝްވަތު
ފަނޑިޔާރުން ރިޝްވަތު ހުށަހަޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވައިފި
 
ޖުޑިޝަރީގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި
 
ފަނޑިޔާރު ރިޝްވަތު ހުށަހަޅުއްވާފައިވަނީ ހިބަޅިދޫ މައްސަލާގައި އެރަށް ނަގާފައިވާ ފަރާތަށް
 
ރިޝްވަތު ހުށަހެޅުއްވީ މިނިސްޓަރު އަލީ ވަހީދަކަށް ނޫން

ރާއްޖޭގެ ޓޫރިޒަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އަދުލުއިންސާފު ނިޒާމު ކަމަށާއި، ފަނޑިޔާރު ރިޝްވަތު ނެގުން ހުއްޓުވައި، ރާއްޖޭގެ ކޯޓުތަށް އިސްލާހު ކޮށްދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެއްޖެ އެވެ.

ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތަށް ބުރަނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން، ޓުރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި އެމިނިސްޓްރީގެ އިސްވެރިންނާއެކު އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ފަނޑިޔާރުން ރިޝްވަތު ހުށަހަޅުއްވަމުން ގެންދަވާކަން ހާމަކުރައްވާފަ އެވެ.

"ލެޓްސްގޯ ރިޔާޒުގެ މައްސަލާގައި، (އަޅުގަނޑު އެއްވެސް ހާލެއްގަ މިދަންނަވަނީ އޭނާ އަޅުގަނޑަށް ވިޝްވަތު ހުށަހެޅި ވާހަކައެއް ނޫން) އޭނައަށް ތްރެޓްކޮށް، އޭނާ މާޔޫސްކޮށްލާ އެބަހަދަޔޭ، އޭނާ އައިސް އެބަ ބުނެޔޭ މިނިސްޓާއޭ މީއޭ މިގައުމުގެ ހާލަތު އޮތް މިންވަރު. (އަޅުގަނޑަކަށް ނޭނގޭ އިންސާފުވެރި ނިންމުމަކީ ކޮބައިކަމެއް) އެމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި. ހިބަޅިދޫ އެށަކީ. ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ދެރަވޭ. ރާއްޖޭގެ ވިޔަފާރިވެރިޔާ އެ ޕޮޒިޝަނަށް ވެއްޓޭ ނިޒާމަކީ އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ނިޒާމެއް ނޫން.... ކޯޓުން އެބަބުނެޔޭ މިވެނިވަރެއް ދައްކާށޭ އޭރުން މައްސަލަ ނިންމަދޭނަމޭ ތިބޭފުޅާގެ ކޮޅަށް. އޭހާ މާޔޫސްވެގެން އެބައާދޭ އެ ވިޔަފާރިވެރިޔާ."
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު އެގޮތަށް ވިދާޅުވުމުން ކޮމެޓީގެ މެމްބަރުން ވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާ، އެކޮމިޝަނުގެ ސަމާލުކަމަށް އެމައްސަލަ ގެނައުމަށް މިނިސްޓަރު އަލީ ވަހީދުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން މިހާރު ކުރިއަށް ގެންދާކަމަށް ވެސް ކޮމެޓީގެ މެމްބަރުން ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނަކީ ކޮރަޕްޝަން ހިންގަަވާނެ ބޭފުޅެއް ނޫން ކަމަށާއި، ޓޫރިޒަމް މިނިސްޓްރީ ކުރިން ހިންގަމުންދިޔަގޮތަށް ތަފާތުކޮށް، ދެފުށްފެންނަ ގޮތަށް ކަންކަން ނިންމަމުންދާ ކަމަށެވެ. އަދި މިނިސްޓަރާއެކު ބާއްވަވާ ބައްދަލުވުންތަކުގައި މިނިސްޓަރު ބިއުރޯގެ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި އަދި އެ ބައްދަލުވުންތަކުގެ ވީޑިއޯއާއި އޯޑިއޯ ރެކޯޑިން ހުންނާނެ ކަމަށެވެ.

ރިޝްވަތު ހުށަހެޅުއްވި ކަމަށް މިނިސްޓަރު އަލީ ވަހީދު އެ ވިދާޅުވާ މައްސަލާގައި ހިމެނޭ ބ. ހިބަޅިދޫ އަކީ ރިސޯޓް ހަދަން އެރަށް ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުރަށެވެ. އެމައްސަލަ ފެންމަތިވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. އޭރުއްސުރެ އެތަން އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހަތިޔާރު ފެނުނު ކަމަށް ބުނެ ސަރުކާރުން އެރަށް ދޫކުރުމަށް ބިޒްނާސް މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއެކު އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި 2017 ޖެނުއަރީ ގައި އެ ކޯޓުން ނިންމީ އެރަށުގެ އެއްބަސްވުން ބާޠިލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލު ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
8%
58%
17%
8%
8%
ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 10:38
ޯލޯބި
ހާދަބޮޑު ގެލުމެކޭ ތީ ކޯރޓުތަކުގެ ގާޒީން ވިސްވެޖެ. ވިޔަފާރިވެރިޔާ ހަލާކުވަނީ.
15 އޮކްޓޯބަރ 2019 | އަންގާރަ 13:49
ޖަންގަލީ
ތިޔަ ރަށައް އެހިއުސިޝަން ކޯސްޓް ނުދައްކާ ދެން ސަރުކާރުން އެގޮތައް ބަދަަލު ދޭނަމަ ކޮބާ ތޯ އިންސާފަކީ