ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ކުޅިވަރު - ފުޓުބޯޅަ ޝެޑިއުލް

ރާއްޖޭގެ ފުޓުބޯޅަ ޝެޑިއުލްއެކޭ އޮއެ ގަދަ ދުވަހެއްގައި މޫދުގައި އަޅާފައި އޮންނަ ބޮޔެކޭ އެއްފަދަ: ސުޒެއިން

  • ފުޓުބޯޅަ ޝެޑިއުލް އޮންނަނީ އޭރަކު އޮއެ ހުރި ކޮޅަކަށް ދަމަ ދަމާ
  • ހަ މަހަށް ފަހު ސީޒަން ފެށުމުންވެސް ޝެޑިއުލްއާ އެއްގޮތަށް ކަންކަން ނުދޭ

ލީވާން އަލީ
MrLeevaan

ކ. މާލެ 9 އޮކްޓޯބަރ 2019 | ބުދަ 10:28 4,461

ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން - ސަން

ރާއްޖޭގެ ފުޓުބޯޅަ ޝެޑިއުލްއެކޭ އޮއެ ގަދަ ދުވަހެއްގައި މޫދުގައި އަޅާފައި އޮންނަ ބޮޔެކޭ އެއްގޮތް ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ، ރާއްޖޭގެ ފުޓުބޯޅަ ޝެޑިއުލް އޮންނަނީ އޭރަކު އޮއެ ހުރި ކޮޅަކަށް ދަމަ ދަމާ ކަމަށާއި، އެ ޝެޑިއުލްއާ އެއްގޮތަށް ޓީމުތަކަށް ތައްޔާރުވާން ފުރުސަތުވެސް ނުލިބޭ ކަމަށެވެ.

ހަ މަސް ދުވަހަށް ސީޒަން ލަސްކުރިޔަސް، ނެރޭ ޝެޑިއުލްއާ އެއްގޮތަށް ކަންކަން ނުދާނެ ކަމަށް މީގެކުރިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބުނެފައިވާނެ ކަމަށް ފާހަގަކުރަމުން ސުޒެއިން ބުނީ، ޝެޑިއުލްއާ އެއްގޮތަށް ކަންކަން ނުދާ ކަމަށާއި، ސީޒަނުގައި ބޮޑެތި ބްރޭކްތަކެއްވެސް އަންނަ ކަމަށެވެ.

އެގޮތުން ސުޒެއިން ބުނީ، އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗަށްފަހު، ދެން އެންމެ އަވަހަށް އެޓީމު މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު ކަމަށާއި، ޝެޑިއުލް ދަނީ އެކި ގޮތްގޮތަށް އެނބުރެމުން ބަދަލުވަމުން ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ ޝެޑިއުލްއެކޭ އޮއެ ގަދަ ދުވަހެއްގައި މޫދުގައި އަޅާފައި އޮންނަ ބޮއެކޭ އެއްގޮތް. އެވަގުތެއްގައި އޮއެ ހުރި ކޮޅަކަށް ދަމަ ދަމާ އޮންނަނީ. އޭތި އެއްގޮތަކަށް އޮވެ އެއަށް ޓީމުތަކަށް ތައްޔާރުވާން ފުރުސަތެއް އޮތް ޝެޑިއުލްއެއް ނޫން ނެރެނީކީ. އަޅުގަނޑު ހަނދާންވޭ އެއްދުވަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަމުން ހަމަ މިތަނުގައި ހުރެ އަޅުގަނޑު ބުނިން ހަ މަސް ދުވަހަށް ލަސްކުރިޔަސްވެސް ނެރޭ ޝެޑިއުލްއަކަށްވެސް މިއެއް ރަނގަޅަށް ނުދާނެއޭ. މިހާރު މިއޮތީ އެއްކަލަ ނެރުނު ޝެޑިއުލްއަކަށްވެސް ނުދޭ. ކްލަބްތަކުގެ މާލީ ހާލަތު އޭހާ ގޯސް. ސީޒަނުގައި ބޮޑެތި ބްރޭކްތައް މި އަންނަނީ

~ ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށާފައިވާއިރު، އެފްއޭއެމްއިން ނެރުނު ޝެޑިއުލްއާ އެއްގޮތަށް ލީގުގެ ކުޅުން ކުރިޔަކަށް ނުދެއެވެ. އަދި ލީގުގައި ގިނަ ބްރޭކްތައް އައުމުން ކްލަބްތަކުގެ ކޯޗުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް