ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 17:28
ފީފާގެ ހަފްލާގެ ތެރެއިން
ފީފާގެ ހަފްލާގެ ތެރެއިން
ގެޓީ އިމޭޖަސް
"ފީފާ ދަ ބެސްޓް" އެވޯޑް
ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް
 
މިއީ މި އެވޯޑް މެސީ ކާމިޔާބުކުރި ފުރަތަމަ ފަހަރު

ފީފާއިންދޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކޮށްފިއެވެ.

މެސީ އަށް މި އެވޯޑް ލިބުނީ ލިވަރޕޫލް އާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވެން ޑައިކްކާއި، ޔުވެންޓަސް އާއިއެކު އިޓާލިއަން ލީގު ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކޮށެވެ.

މެސީ ވަނީ ނިމިދިޔަ ސީޒަނުގައި 51 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެސީ ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުވެސް ކާމިޔާބުކޮށްފައެވެ.

މި ހަފްލާގައި އެންމެ މޮޅު ކޯޗުގެ މަގާމް ލިވަރޕޫލާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ކްލޮޕަށް ލިބިގެންދިޔައިރު އެންމެ މޮޅު ކީޕަރަކަށް ހޮވިގެންދިޔައީ ލިވަރޕޫލްގެ ކީޕަރު އެލިސަންއެވެ.

މިއަހަރުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންނަކީ ލިވަރޕޫލްގެ ކީޕަރު އެލިސަން، ޔުވެންޓަސްގެ ޑިފެންޑަރ ޑިލައިޓް، ރެއާލްގެ ޑިފެންޑަރ ރާމޮސް، ލިވަރޕޫލްގެ ޑިފެންޑަރ ވެން ޑައިކް، ރެއާލް މެޑްރިޑްގެ ޑިފެންޑަރ މާސެލޯ، ރެއާލް މެޑްރިޑްގެ މިޑްފިލްޑަރ ލުކާ މޮޑްރިޗް ބާސެލޯނާގެ ޑި ޖޮންގް، ރެއާލް މެޑްރިޑްގެ އެޑިން ހަޒާޑް، ޕީއެސްޖީގެ އެމްބާޕޭގެ އިތުރުން ޔުވެންޓަސްގެ ރޮނާލްޑޯ އަދި ބާސެލޯނާގެ މެސީއެވެ.

މި އެވޯޑް މިދިޔަ އަހަރު ކާމިޔާބުކުރި ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗެވެ. އަދި މި އެވޯޑް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިއީ މެސީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ އެވޯޑް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް