ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:51
ހެރީ ކޭން ޕެނަލްޓީ ޖަހަނީ
ހެރީ ކޭން ޕެނަލްޓީ ޖަހަނީ
ބީބީސީ
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު: އޮލިމްޕިއާކޯސް އިން އެންމެ ފަހުގެ ރަނަރަޕް މޮޅުވިޔަ ނުދީ ހިފަހައްޓައިފި
 
މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސް އިން އެންމެ ފަހުގެ ރަނަރަޕް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ޓޯޓެންހަމުން ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު އިރު އެޓީމުން ވަނީ އޮލިމްޕިއާކޯސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ޓޮޓެންހަމުން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ.

މި ލަނޑަށްފަހު ޓޮޓެންހަމުން އިތުބާރާއިއެކު ކުރިޔަށް ޖެހިގެން ކުޅުނު އިރު އެޓީމުން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އެވެ.

މި ލަނޑާއެކު އޮލިމްޕިއާކޯސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޓޮޓެންހަމުގެ ގޯލަށް ނުރައްކާކޮށްފައި ވެއެވެ. އެގޮތުން މެޗުގެ 44 ވަނަ މިނެޓުގައި އޮލިމްޕިއާކޯސް އިން ވަނީ ލަނޑުޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާ އަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 54 ވަނަ މިނެޓުގައި އޮލިމްޕިއާކޯސް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަތިއުއެވެ.

ގްރޫޕް "ބީ" ގެ އެއްވަނައިގައި ބަޔާން އޮތީ އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކުގައެވެ. މި ގްރޫޕުގެ ދެވަނަ އަދި ތިން ވަނައިގައި އޮތް ޓޮޓެންހަމް އަދި އޮލިމްޕިއާކޯސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް