ބުދަ 18 ސެޕްޓެންބަރ 2019
12 އުތުރަ
1441 މަހައްރަމް 19
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17
ދުނިޔެ - އިންޑިއާ

އިންޑިއާގައި 73 އަހަރުގެ އަންހެނަކަށް އެއްްމާބަނޑު ދެ ކުދިން ލިބިއްޖެ

  • އެ އަންހެން މީހާ ވިހާފައިވަނީ ވަނީ ބުރާސްފަތި

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 7 ސެޕްޓެންބަރ 2019 | ހޮނިހިރު 08:44 13,422

އިންޑިއާގެ އަންހެން މީހާ - ގޫގުލް

އިންޑިއާގައި އުމުރުން 73 އަހަރުގެ އަންހެނަކަށް އެއްްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ.

އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝް ސްޓޭޓުގެ އެ އަންހެން މީހާ ވިހާފައިވަނީ ވަނީ ބުރާސްފަތި ދުވަހުއެވެ. ދެ ކުދިން ނެގީ ސިޒޭރިއަން އޮޕަރޭޝަން ކޮށްގެންނެވެ.

އެ އަންހެން މީހާ އާއި އޭނާގެ 82 އަހަރުގެ ފިރިމީހާ އަބަދު ވެސް ކުދިން ބޭނުންވާ ކަމަށާއި އެންމެ ފަހުން އެއްމާބަނޑު ދެ ކުދިން ލިބުމުން ވަރަށް އުފާވި ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވެއެެވެ.

ދެމަފިރިންގެ މުސްކުޅި އުމުރަށް ބަލައި އެ މީހުންނަށް ކަމެއް ދިމާވެއްޖެނަމަ ކުދިން ބަލާނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މަންމަ އާއި ދެ ދަރިންގެ ހާލު ރަނގަޅުކަމަށް ވެސް ޚަބަރުތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ވެސް ވަނީ އުމުރުން 70 ގެ އަހަރުގެ އަންހެނަކަށް ކުއްޖަކު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް