ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 13:32
ދޫނިތައް ޕާކަށް ދޫކޮށްލާފައި
ދޫނިތައް ޕާކަށް ދޫކޮށްލާފައި
ރާއްޖެއެމްވީ
އުދުހޭ ދޫނިތައް
ސެންޓްރަލް ޕާކުގައި އުދުހޭ ދޫނިތައް ބަލާލިންތަ؟
 
އެކުވެރިކަން އާލާވެގެންދޭ
 
ގިނަ ބަޔަކު މުނިފޫހިފިލުވާދޭ އެއްޗަކަށް ދޫނިތައް ވަނީ ވެފައި
 
ދޫނިތައް ދޫކޮށްލަނީ ހުކުރު ދުވަހެއްގެ ހެނދުނު 6:00 އިން 9:30 އަށް

ބޮޑު ދެފިޔަ ގަނޑު ވިހުރުވާލުމަށްފަހު އުދުއްސައިގަންނަނީ އެތައް ބައެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނައުމަށްފަހުއެވެ. ކާރުބާރު ބޮޑު ކޮންކްރީޓް މާލެސިޓީން މިފަދަ މަންޒަރެއް ފެނުމަކީ ބުނެދޭން ވެސް ނޭނގޭހާ އެތައް އިހުސާސްއެއް ގެނެސްދޭ ވެސް ކަމެކެވެ. މިނިވަންފަޒާގައި އެތައް ބައިވަރު ދޫނިތަކެއް އެދަނީ އުދުހެމުންނެވެ.

މި ދައްކަނީ ސެންޓްރަލް ޕާކް ގަސްތަކުގެ ތެރޭގައި ކޮންމެ ހުކުރު ދުވަހަކު އުދުހޭ ހިތްގައިމު ދޫނިތަކުގެ ވާހަކައެވެ. ސެންޓްރަލް ޕާކުގެ ގަސްތަކުގެ ތެރެއިން އެދޫނިތައް އުދުހެނީ މުޅި ސަރަހައްދުގައި ތިބި އެންމެންގެ ހިތްއުފާ ކޮށްދެމުންނެވެ. ނޭނގި ހުއްޓާ ވެސް ދޫނިތައް އައިސް އިށީންނަނީ ކޮނޑުމަތީގައެވެ. ސެންޓްރަލް ޕާކުތެރެއަށް މިދޫނިތައް ދޫކޮށްލަނީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:00 އިން 9:30 އަށްށެވެ.

ދޫނިތައް އުދުއްސަނީ

އެގޮތުން މިހާރު އެމަންޒަރު ބެލުމަށް ގިނަ ބަޔަކު އެސަރަހައްދަށްދެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެއެވެ. އެވަގުތު ތަކުގައި ގިނަ އަދަދެއްގެ ދޫނިތައް އުދުހެމުންދާއިރު، އެދޫންޏެއްގެ ނަމުން ގޮވާލައިރަށް އާދެއެވެ. އެއްވެފައިތިބޭ މީހުންނާއި އެހާ ގާތުގައި އުދުހިލާއިރު އެސަރަހައްދުގައި ތިބޭ މީހުންނާ ވެސް އެދޫނިތައް އެހައި އޮޅެވެ. އެގޮތުން ކުޑަކުދިންގެ އިތުރުން ގިނަބައެއްގެ މޫނިފޫހިފިލުވައިދޭ އެއްޗަކަށް މިއަދު އެދޫނިތައް މިވަނީ ވެފައެވެ.

ކެމަރާމަންގެ ކޮނޑުމަތީގައި ދޫންޏެއް އިށީނިމުން ނަގަނީ

މިހަރަކާތުގައި އިސްކޮށްއުޅޭ އަހުމަދު ނަސީރު ބުނީ މިއީ އުފަލަކަށް ކުރާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ގިނަބަޔަކަށް ހިތްހަމަ ޖެހުން ލިބޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދޫނި ގެންގުޅޭ ހުރިހާ ކުދިން ވެގެން އުފަލަކަށް ކޮށްލާކަމެއް މިއީ .ހުރިހާ ދޫނި ގެންގުޅޭ ފަރާތްތަކަށް ފުރުސަތު އޮންނާނެ ބޭނުން މީހަކު ހަމަ މިކޮޅަށް އައިސްފަ އެންޖޯއީ ވެލަންވީ.
އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ ދޫނިތައް ދޫކޮށްލުމަށް ކުރިއަށް ގެންދާ މިހަރަކާތަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭ ކަމަށެވެ. އެގޮތުން ދޫނި ގެންގުޅޭ ފަރާތްތަކުން އެދޫނިތައް ދޫކޮށްލުމަށް ހުކުރު ދުވަހު ސެންޓްރަލް ޕާކަށް އަންނަކަން އޭނާ ފާހަގަކުރިއެވެ.

ކުޑަކުއްޖެއް ދޫންޏެއް އަތަށް އަރުވައިގެން

މީގެ އިތުރުން މާސްޓަރ ޕެޓް ފިހާރާގެ ވެރިޔާ އަހުމަދު ބުނީ މިއިން ދޫންޏެއްގެ އަގުތައް އުޅެނީ 35000 ރުފިޔާއާއި 85000 ރުފިޔާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. އަދި މިހަރަކާތުގެ ކޮންމެ މީހަކަށް ވެސް މިދޫނިތަކާއެކު މަޖާކޮށްލަން ފުރުސަތު ލިބޭއިރު، ހިލޭ ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދޫނި އުދުއްސައިގަންނަނީ

މެކާއޯ، ކޮކަޓޫއާގެ މިދޫނިތަކުގެ ވެރިން ބޮޑު އަގުގައި ދޫނިގަނެ، އޭގެ ހިތްގައިމުކަމާއި ރީތިކަން އެހާ ގާތުން ބަލާލުމުގެ ފުރުސަތު އެހެން ފަރާތްތަކަށް ދިނުމުގެ ސަބަބުން އިޖުތިމާއީ ގުޅުންވެސް ވަރުގަދަވެގެންދާކަން ޔަޤީނެވެ. ކުޑަކުދިންނާއި، އެ މަންޒަރު ބަލަން އަންނަ ފަރާތްތަކުގެ ހިތް ހަމަޖެހުމުގެ އިތުރުން މިކަން މިއަދު ވެފައި މިވަނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބައެއްވަންތަ ކަމުގެ ސިފަ ދައްކުވައިދޭ މިސާލަކަށެވެ. ނުދަންނަ މީހެއް ނަމަވެސް ހިނިތުންވެ ބަހެއް ބުނެލަން ލިބޭ ފުރުސަތަކަށެވެ. ހަމަ ގައިމުވެސް މި ދޫނިތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި ވަޅުޖެވެމުންދާ އެކުވެރިކަން އެބަ އާލާވެގެންދެއެވެ. ކަފާސް ވަމުންދާ އިޖުތިމާއީ ފޭރާން ވަރުގަދަވަމުންދެއެވެ. އެ ދޫނިތައް ބަލާލަން ގޮސްފިން ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
2%
78%
1%
6%
5%
8%
ކޮމެންޓް
30 ސެޕްޓެންބަރ 2020 | ބުދަ 12:39
ޔޫސުފް ޔައަޝް އަހްމަދު
ހުރިހާ ކުދިން ވެސް ދޫނިތައް ބަލާލައްޗޭ