ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 23:03
ގްރީޒްމަން
ގްރީޒްމަން
ގެޓީ އިމޭޖަސް
އެންޓޮއިން ގްރީޒްމަން
ބާސެލޯނާއިން ގްރީޒްމަންގެ ސޮއި ހޯދައިފި
 
ބާސެލޯނާއިން ގްރީޒްމަންގެ ސޮއި ހޯދީ 120 މިލިއަން ޔޫރޯއަށް

ފްރާންސާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ހުނަރުވެރި ފޯވާޑް އެންޓޮއިން ގްރީޒްމަން ގެ ސޮއި ބާސެލޯނާއިން ހޯދައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ބާސެލޯނާއިން އެޓްލެޓިކޯ މެޑްރިޑް އަށް ކުޅެމުން އައި ގްރީޒްމަންގެ ސޮއި ހޯދީ 120 މިލިއަން ޔޫރޯ ދެއްކުމަށްފަހުއެވެ.

ގްރީޒްމަން ވެގެންދާނީ ދުނިޔޭގެ ހަވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ.

ގްރީޒްމަންގެ ސޮޔާއެކު ބާސެލޯނާއިން މިވަނީ މިއަހަރުގެ ޓްރާންސްފާރ މާކެޓްގައި ހަތަރު ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ. އެގޮތުން ބާސެލޯނާއިންވަނީ މި ސީޒަނުގައި އަޖެކްސްގެ ފްރޭންކީ، ވެލެންސިޔާގެ ކީޕަރު ނެޓޯގެ އިތުރުން ބްރެޒިލްގެ އެމާރސަންގެ ސޮއި ހޯދައިފައެވެ.

ގްރީޒްމަންވަނީ މީގެ ކުރިން ބާސާއިން ހުށަހެޅި ހުށަހެޅުމަށް ދެކޮޅުހަދައިފައެވެ.

މި ޓްރާންސްފާރ މާކެޓުގައި އެޓްލެޓިކޯ މެޑްރިޑް އިން ވަނީ ތިން ކުޅުންތެރިން ދޫކޮށްލައިފައެވެ.

ގްރީޒްމަންވަނީ 2016 އަދި 2018 ވަނަ އަހަރުގެ ފީފާ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ރެއާލް ސޮސައިޑާޑް އިން ސްޕެއިންގެ އެޓްލެޓިކޯއަށް 2014 ވަނަ އަހަރު ބަދަލުވި ގްރީޒްމަން ވަނީ އެޓީމާއެކު ހޭދަކުރި ދުވަސްވަރު ކުޅުނު 256 މެޗުން 133 ލަނޑު އެޓީމަށް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
25%
0%
0%
ކޮމެންޓް