ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 12:54
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ނައިޖީރިޔާ ބަލިކޮށް މަޑަގަސްކަރަ ގަދަ 16 އަށް!
 
މަޑަގަސްކަރަ އިން ނައިޖީރިޔާ ބަލިކުރީ 2-0 ގެ ނަތީޖާ އަކުން

މިސްރުގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ނައިޖީރިޔާ އަދި މަޑަގަސްކަރަ ކުޅުނު މެޗު، މަޑަގަސްކަރަ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މަޑަގަސްކަރަ މި މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުފަށައިގެން ނައިޖީރިޔާއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މަޑަގަސްކަރައިގެ ހާފަށްވަނީ ބާރު ބޮޑު ކޮށްފައެވެ. ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި މަޑަގަސްކަރައިން ވަނީ ލަނޑެއްޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލަލައިނާއެވެ. މި ލަނޑަށް ފަހު ނައިޖީރިޔާއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ނައިޖީރިޔާއިން ވަނީ މަޑަގަސްކަރައިގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ނައިޖީރިޔާއިންނެވެ. ނަމަވެސް ނައިޖީރިޔާއަށް މަޑަގަސްކަރައިގެ ވަރުގަދަ ޑިފެންސް ފޫ އަޅުވައިލެވިފައެއް ނުވެއެވެ. މެޗުގެ 53 ވަނަ މިނެޓުގައި މަޑަގަސްކަރައިގެ ކާލޯސް ވަނީ ލިބުނު ހިލޭ ޖެހުމަކުން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްދީފައެވެ. މި ލަނޑާ އެކު މަޑަގަސްކަރައިން ވަނީ އެ ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކޮށްފައެވެ.

މި ނަތީޖާއާއެކު މަޑަގަސްކަރައިން އޮތީ ހަތް ޕޮއިންޓާއެކު ގްރޫޕް "ބީ"ގެ އެއްވަނައިގައެވެ. ދެވަނައިގައި ނައިޖީރިޔާ އޮތީ ހަ ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް