ހުކުރު 03 އޭޕުރިލް 2020
09 ރޭވަ
1441 ޝައުބާން 10
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ޓޫނާ ކަބާބް

  • ދިވެހިން ހަދާ ކަވާބު އަދި ކަޓްލަސް ފަދަ ހެދިކާއާއި މުޅިން ތަފާތު ޑިޝް އެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 25 މެއި 2019 | ހޮނިހިރު 21:36 4,988

ޓޫނާ ކަބާބް - ރާއްޖެއެމްވީ

ކަބާބް ތައްޔާރު ކޮށްލަން ބޭނުންވާ ތަކެތި:.

1 ދަޅު މަސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

3 ރޯމިރުސް (ކުދިކޮށް ކޮށާފައި)

1 އަލުވި (މަށާފައި، ފެނުކައްކާފައި)

1 ބިސް

4-5 ކޮރިއެންޑާ ފަތް

އަސޭމިރުސް

ލޮނު

ބައި ސައިސަމްސާ މުގުރި ދިރި

ބައި ސައިސަމްސާ ގަރަމް މަސާލާ

ޗަޓްނީ ތައްޔާރު ކޮށްލަން ބޭނުންވާ ތަކެތި:.

1 ޖޯޑު ހެލެނބެލި ހުތް

ބައި ޖޯޑު ހަކުރު

1 ސައިސަމްސާ މުގުރި މިރުސް

1 ސައިސަމްސާ ޗިލީ ފްލޭކްސް

ލޮނު

އަސޭމިރުސް

ކަބާބް ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ދަޅުގައި ހުރި މަސްކޮޅުން ރަނގަޅަށް ތެޔޮ ފެލާލާފައި އޭގެން ކުޑަ ތެޔޮކޮޅެއް ލައިގެން މަސް، ފިޔާ އަދި މިރުސް ތެލުލާށެވެ.

މަސްކޮޅު މީރުވުމުން ތަވައިން ނަގާފައި ތައްޓެއްގެ ތެރޭގައި ލޮނު، ދިރި، އަސޭމިރުސް، ގަރަމް މަސާލާ، ބިހުގެ އެއްބައި، އަލުވި އަދި ކޮރިއެންޑާއާއި އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން އޭގެން ގުޅަ ވަށާނީއެވެ. ގުޅަ ވަށާފައި ފަތާކޮށްލަން ވާނެއެވެ.

ދެން ބާކީ ހުރި ބިހުގެ ތެރެޔަށް ލާފައި، މަޑު ގިނީގައި ކަބާބް ކޮޅު ތެލުލާށެވެ.

ބިހާއި އެއްކޮށް ފާރޮށި ކުނޑި ވެސް ބޭނުން ކުރެވޭނެއެވެ.

ޗަޓްނީ ތައްޔާރު ކޮށްލާނެ ގޮތް:

ހެލެނބެލި ހުތް އުނދާފައި، ކެކިލަންދެން މަޑު ގިނީގައި ބަހައްޓާށެވެ. ކެކެން ފެށުމުން ހަކުރު، މުގުރި މިރުސް، ކުޑަ ލޮނުކޮޅެއް، އަސޭމިރުސް އަދި ޗިލީ ފްލޭކްސް އެއްކޮށްލާފައި 3-2 މިނެޓް ކައްކާލާށެވެ.

ޗަޓްނީކޮޅު އޮލަވުމުން އުނދުނުް ބާލާފައި ކަބާބް މައްޗަށް އަޅާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް