ހުކުރު 03 އޭޕުރިލް 2020
09 ރޭވަ
1441 ޝައުބާން 10
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ބާމި ގޮރެންގ

  • ދިވެހިންގެ ތެރޭގައި މަގުބޫލު ބާމި ގޮރެންގ އަކީ ތައްޔާރު ކޮށްލަން ފަސޭހަ، މީރު ކެއުމެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 22 މެއި 2019 | ބުދަ 18:01 45,877

ބާމި ގޮރެންގ - ރާއްޖެއެމްވީ

ބޭނުންވާ ތަކެތި:

30 ގުރާމް ކެރެޓް

30 ގުރާމް ލީކްސް

30 ގުރާމް ކެބެޖު

2 ރޯ މިރުސް

ގިތެޔޮ މިރުސް ފަޅިއެއް

1 ކުޑަ ފިޔާ

1 ލޮނުމެދު

ބައި އިންޗި އިނގުރު

1 ޕެކެޓް ނޫޑްލިސް

50 ގުރާމް ކަށިނެތް ކުކުޅު

2 ސޮސެޖު

2 ސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ ތައި ޗިލީ ޕޭސްޓު

ލޮނު

އަސޭމިރުސް

ބައި ސައިސަމްސާ މުގުރި މިރުސް

1 ސަމްސާ އޮއިސްޓަރ ސޯސް

1 ބިސް

ލުނބޯ (ތޮށި ގާނާފައި)

ބައި ސައިސަމްސާ މުގުރި ޕެޕްރިކާ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ނޫޑްލިސް ތެރެޔަށް ހޫނު ފެން ފޮދެއް އަޅާފައި މަޑުވެލަންދެން އެއްކައިރި ކޮށްލާނީއެވެ.

ދެން ހުރިހާ ތަރުކާރީކޮޅެއް ކުދިކޮށް ކޮށާލާފައި، ކުކުޅު އަދި ސޮސެޖު ވަކިން، ކުދިކޮށް ކޮށާލާށެވެ.

ސޯޔާ ސޯސް އަދި ތައި ޗިލީ ޕޭސްޓްކޮޅު ކުކުޅުކޮޅު ތެރެޔަށް އަޅާފައި 20 މިނެޓް މެރިނޭޓް ކޮށްލާށެވެ. މެރިނޭޓް ކުރާނީ ރަހަތައް މަސްކޮޅުތެރެޔަށް ރަނގަޅަށް ވަންނަހާ ވަގުތު ދީފައެވެ.

ތެއްޔެއްގައި ކުކުޅާއި ސޮސެޖު ޒައިތޫނިކޮޅެއް ތެރެޔަށް އަޅާފައި ރޯފިލުވާލާށެވެ.

ދެން ލޮނު، މުގުރި މިރުސް، އަސޭމިރުސް އަދި ޕެޕްރިކާ އެއްކޮށްލުމަށް ފަހު ހަލާލާށެވެ.

މަސްކޮޅު ރޯފިލަން ފެށުމުން ކުދިކޮށް ކޮށާލި ތަރުކާރީ މީރުކޮށްލާށެވެ.

އެ އަށް ފަހު ތެލި ތެރެޔަށް ބިސް ތަޅާލާފައި، ހަލާލާނީއެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކެއްކި ނޫޑްލިސްކޮޅާއި ހުރިހާ ސޯސްއެއް އަޅާފައި ހަލާލާށެވެ.

ދެން ތައްޓަކަށް އަޅާފައި ކާން ފެށުމުގެ ކުރިން ކުޑަ ލުނބޯތޮށިކޮޅެއް އަޅާފައި ލުނބޯހުތް ފިތާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް