އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ސިއްހަތު - ކިވީ

އަނގަޔަށް އެހާމެ މީރު ސީއްހީ އެތައް ފައިދާތަކެއް

  • ކިވީގެ 83 އިންސައްތައަކީ ފެން
  • ކޮންމެ ދުވަހެއްގެ ކެއުމެއްގައި 2-3 ހިމެނުން މުހިންމު
  • އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ގުނާލެވޭ މޭވާއެއް

ޚަދީޖާ އިބްރާހިބް
Khadheejaibrah7

ކ. މާލެ 20 މެއި 2019 | ހޯމަ 16:30 5,928

އަނގަޔަށް މީރު ސިއްޙަތަށް ފައިދާހުރި މޭވާއެއް - ގޫގުލް

އަނގަޔަށް މީރު އަދި ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިބޭ މޭވާއެއް ކަމުގައިވާ ކިވީ ހައްދާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނިއުޒިލެންޑްގެ އިތުރުން ޗިލީ ހިމެނެއެވެ. ނަމަވެސް އެންމެ ގިނައިން މި މޭވާ ހައްދާ ގައުމަކީ ޗައިނާއެވެ.

މި މޭވާގެ ވަށަމިނުގައި 5.5-4.5 ސެންޓިމީޓަރު ހުންނައިރު ދިގުމިނުގައި 5.8 ސެންޓިމީޓަރު ހުރެއެވެ. ބޭރު މަޑު މުށި ކުލައިގައި ހުންނަ މި މޭވާގެ އެތެރޭގެ ކާބައި ހުންނަނީ ފެހި ކުލައިގައެވެ. މި މޭވާގައި އޮރެންޖަށް ވުރެން ދެ ގުނައަށް ވިޓަމިން "ސީ" އެކުލެވެއެވެ. މި މެވާގައި ހިމެނޭ ނިއުޓްރިޝަންތަކަށް ބަލާއިރު ވިޓަމިން "އީ" އާއި ވިޓަމިން "ކޭ" ހިމެނެއެވެ.

މި މޭވާގެ ސިއްހީ ފައިދާތަކުގެ ތެރޭގައި ދަތްތައް ވަރުގަދަކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ހިމެނޭ ރެޑްބްލެޑް ސެލްސްގެ ދުޅަހެޔޮކަމަށް ކިވީއަކީ ކެއުން މުހިންމު އެއްޗެކެވެ. މީގެ އިތުރުން ފައިބަރ ވެސް ކިވީގައި ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. ކިވީގައި ފައިބަރ ގިނައިން އެކުލެވުމަކީ ހަކުރު ބައްޔާއި ގޮހޮރުގެ ކެންސަރާއި ހިތުގެ ބައްޔާއި ބަނޑު ހިއްކުމުން ދުރުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ހިތުގެ ބައްޔާއި ޖިންސީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މި މޭވާއަކީ ވަރަށް މުހިންމު އެއްޗެކެވެ

ކިވީގެ 83 އިންސައްތައަކީ ފެނެއެވެ. ރާއްޖޭގެ ބާޒާރުގައި ކިވީއަކީ ތިޔާގި އެއްޗެކެވެ. ކިވީއަކީ ކާނާގެ ބާވަތްތަކުން މުއްސަނދި ހަށިގަނޑަށް އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ގުނާލެވޭ މޭވާއެކެވެ.

ކިވީއާ ބެހޭ ގޮތުން ނިއުޒިލެންޑްގެ އޭ.ޔޫ.ޓީ ޔުނިވަރސިޓީ އޮފް އޯކްލެންޑްގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމެއްގައި 2-3 ކިވީ ބޭނުންކުރުމާ އެކު ސިއްހަތަށް ފައިދާހުރި ކާނާ ކައި ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ނަމަ ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދުމުން ސަލާމަތް ވެވޭނެ އެވެ.

މި ދިރާސާކުރުމަށް ރިސާޗަރުން ވަނީ ޕެރޮކްސައިޑް ބޭނުންކޮށްގެން، މީދާތަކެއްގެ ސެލްތައް ހަލާކުކޮށްލާފަ އެވެ. މި ހަލާކުވި ސެލްތައް މަރާމާތުކުރުމަށް ރިސާޗަރުން ވަކި މެކޭނިޒަމްއެއް ބޭނުން ނުކުރި ނަމަވެސް އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކިވީގައި އެކުލެވޭ އެންޓި އޮކްސިޑަންޓް ޕްރޮޕަޓީޒްގެ ސަބަބުން ޕެރޮކްސައިޑް ޗެލެންޖުން ސެލްތައް ދިފާއުކޮށްދޭނެ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް