ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:50
އައިފޯން8 ހުންނަގޮތް ކަމަށް ބުނެ ލީކުވެފައިވާ ފޮޓޯތަކެއް
އައިފޯން8 ހުންނަގޮތް ކަމަށް ބުނެ ލީކުވެފައިވާ ފޮޓޯތަކެއް
ޓްވިޓަރ
އައިފޯން 8
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 
 
އައިފޯން8 ނިކުންނާނީ މިމިހުގެ 12 ވަނަ ދުވަހު

އައިފޯން8 ނެރުމަށް މިވަނީ މިހާރު ކުޑަ ދުވަސްކޮޅަކަށްވެފައެވެ. މިރިޕޯޓްގައި ބަލާލާނީ އައިފޯން8 ގައި ހުންނާނެކަމަށް އަޑުތައް ފެތުރިފައިވާ ފީޗާތަކަށެވެ

 އައިފޯން8 ގައި ހުންނާނެކަމަށް ބެލެވެނީ އާ "އެޖް-ޓު-އެޖް 5.8" އިންޗީގެ ޑިސްޕްލޭއެކެވެ. އެޖް-ޓު-އެޖް އަކީ މިއަހަރު ނުކުތް ސެމްސަންގ ގެލެކްސީ އެސް 8 އަދި ނޯޓް 8 ގައި ހުންނަ ފަދަ ފޯނުގެ މުޅި މޫނުމަތި އެއްކޮށް ފުރާލާ އަދި ހޯމް ބަޓަނެއް ނުހުންނަ ޒާތުގެ ޑިސްޕްލޭ އަށް ކިޔާނަމެކެވެ.  މިފޯނުގައި ހުންނާނެ ކަމަށް ބެލެވެނީ އޯލެޑް ޑިސްޕްލޭއެކެވެ. މިއީ އައިފޯނެއްގައި ފުރަތަމަ ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ.

އައިފޯނުގެ މައުލޫމާތު ފަތުރާ އިތުބާރުހުރި މަސްދަރެއްކަމުގައިވާ ބެންޖަމިން ގެސްކިން ބުނެފައިވާ ގޮތުގައި އައިފޯން 8ގެ ސްޓޯރެޖްތައް ހުންނާނީ 64 ޖީބީ، 256 ޖީބީ އަދި މުޅިން އަލަށް ނެރޭ 512 ޖީބީގެ އޮޕްޝަންތަކަށް ބަހާލެވިފައެވެ. އަދި އަލަށް ނެރޭ އައިފޯން 8 ވެގެން ދާނީ އެޕަލް ކުންފުނިން މިހާތަނަށް ނެރޭ އެންމެ އަގު ބޮޑު ފޯނަށެވެ. އަޑުތައް ފެތުރިފައިވާގޮތުން އެ ކުންފުނިން އައިފޯން8 ވިއްކާނީ 64 ޖީބީ 999 ޑޮލަރު، 256 ޖީބީ 1099 ޑޮލަރު، އަދި 512 ޖީބީގެ އައިފޯން 8އެއް 1199 ޑޮލަށެވެ. އައިފޯން ޑިޒައިން އަށް ބަލާއިރު، މިއަހަރުގެ ފޯނު ހަދާފައި ވަނީ އެލްމިނިއަމްގެ ބަދަލުގައި ބިއްލޫރި އަދި ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެންނެވެ.

އެޕަލްއިން މިއަހަރު ނެރޭ ފޯނުތަކުގައި ހިމެނޭނޭނީ ތިން ކުލައެވެ. އެއީ ކަޅު ސިލްވަރ އަދި މުޅިން އަލަށް ނެރޭ ބްރޮންޒް ގޯލްޑެވެ.

އައިފޯން އުފައްދަމުންދާ ފެކްޓްރީ ތަކުން ލީކްވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން  އައިފޯން8ގެ މޫނުމަތީގައި ކުޑަ ބޯޑަރެއް އިނދެއެވެ. މަސްދަރުތަކުން ބުނާގޮތުން އެކުޑަ ބޯޑަރުގައި  3ޑީ ދެ ކެމެރާ އަކީ ފޭޝަލް ރެކްގްނިޝަން، ނުވަތަ މޫނު ސްކޭން ކޮށްގެން ފޯނު ހުޅުވުމުގެ ކުޅަދާނަކަން ލިބިފައިވާ ކެމެރާތަކެވެ. މީގެ އިތުރުން 3ޑީ ބޭނުންކޮށްގެން ވަށައިގެންވާ މާހައުލު ދެނެގަތުމުގެ ކުޅަދާނަކަންވެސް މި ފޯނަށް ލިބިގެންވެ އެވެ. މިއީ ކުރީގެ އައިފޯންތަކުގައި ބޭނުންކުރަމުން އަންނަ ހޯމް ބަޓަނުގައި ހިމަނާފައި އިންނަ ޓަޗްގެ ބަދަލުގައި ފޯނު ހުޅުވުމަށް ބޭނުންކުރާނެ އައު ސެކިއުރިޓީ ފީޗާއެކެވެ.މިއީ މިވަގުތު މާކެޓްގައި ވިއްކާ އެހެން ފޯނުތަކަށްވުރެ އަވަސް، އަދި ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާއަކަށް ވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
53%
40%
0%
7%
0%
0%
ކޮމެންޓް