ކ. މާލެ
|
1 މެއި 2024 | ބުދަ 09:00
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައްހާސް ފަލަސްތީން ރައްޔިތުން ވަނީ މަރާލާފައި
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައްހާސް ފަލަސްތީން ރައްޔިތުން ވަނީ މަރާލާފައި
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް
 
ގާޒާގައި ހިނގާ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް މަދުވެގެން ދޮޅު މިލިއަން ފަލަސްތީން ރައްޔިތުން ރަފާއަށް ވަނީ ހިޖުރަކޮށްފައި
 
ހަމާސް އާއެކު ކުރިއަށްދާ ވާހަކަތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް، ރަފާ ސިޓީ އިޒްރޭލުން ހިފާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ގާޒާގެ ދެކުނު ސިޓީ ރަފާއަށް އިޒްރޭލުން އަރައިގަތުން ވެގެންދާނީ ފަލަސްތީނަށާއި މުޅި ސަރަހައްދަށް ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއަރޒް މާޓިން ގްރިފިތްސް ވެސް ވަނީ މި މައްސަލައިގައި އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިޒްރޭލުން ރަފާ ހިފައިފިނަމަ ކުރިމަތިވާނެ މުސީބާތް ބުނެދޭންވެސް ނޭގޭހާ ބޮޑުވެގެންދާނެ ކަމަށެވެ. ކުރިމަތިވާނެ ގެއްލުންތަކާ ހަމަހަމަ ކުރެވޭ ވަރުގެ އިންސާނީ އެހީގެ އޮޕަރޭޝަނެއް ހިންގިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާއެއްގައި ރަފާ އިން މަދުވެގެން ދެކުދިން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގާޒާގައި ހިނގާ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް މަދުވެގެން ދޮޅު މިލިއަން ފަލަސްތީން ރައްޔިތުން ރަފާއަށް ވަނީ ހިޖުރަކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 34،535 ފަލަސްތީން ރައްޔިތުން މަރާލާފައިވެއެވެ. ހަމަލާތަކުގައި ފަލަސްތީނުގެ 77،704 މީހުން ޒަޚަމްވެފައިވާކަމަށް އަންދާޒާ ކުރެވެއެވެ.

އޮކްޓޯބަރ 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 1،139 މީހުންނެވެ.

ހަމާސް އާއެކު ކުރިއަށްދާ ވާހަކަތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް، ގާޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީ އިޒްރޭލުން ހިފާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އިޒްރޭލާއި ހަމާސް އާ ދެމެދު މިހާރު ކުރިއަށްދާ ވާހަކަތަކުގެ މައިގަނޑު މައުޟޫއަކީ ހޮސްޓެޖުން މިނިވަން ކުރުމާއި ހަނގުރާމަ މެދުކަނޑާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް