ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 18:50
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު
ރާއްޖެއެމްވީ
ހަންކެޑެ މަޝްރޫއު
ހަންކެޑެ މަޝްރޫއުގެ ހުރިހާ ކްރެޓިޑެއް ލިބޭނީ އެމްޑީޕީ ސަރުކާރަށް: މޭޔަރު އަލީ ނިޒާރު
 
މި މަޝްރޫއާއެކު ގިނަ ވަޒީފާތަކެއް އުފެދޭނެ
 
ހަންކެޑެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ވެސް ވަނީ ފެށިފައި
 
މި މަޝްރޫއުގެ ހަގީގީ މާލިމީއަކީ ފައްޔާޒު

އައްޑޫ ސިޓީގެ ހަންކެޑެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުގެ ހުރިހާ ކްރެޓިޑެއް ލިބޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރަށް ކަމަށް، އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި މޭޔަރު ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް ލިބޭނީ އެމްޑީޕީ ސަރުކާރަށް ކަމަށާއި، އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ފައްޔާޒު އިސްމާއީލް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. ވަރަށް ކުރިން ވެސް މި މަޝްރޫއާ ގުޅޭގޮތުން ފައްޔާޒު މަޝްވަރާ ވެސް ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަޝްރޫއުގެ ހަގީގީ މާލިމީއަކީ ފައްޔާޒު ކަމަށެވެ.

މޭޔަރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ކުރި މަސައްކަތްތަކުގެ ތެރެއިން ހަންކެޑެ މަޝްރޫއަކީ ކުރީ ސަރުކާރުން ފެށި ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

ހަންކެޑެ މަޝްރޫއުގެ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ތަނުގައި އިމާރާތް ކުރުމާއި އެފަދަ ކަންކަން ކުރުމަކީ މުޅިން އެހެން ކަމެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއާއެކު، ބްރިޖާއި މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ހަންކެޑެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ވެސް ފެށިފަ އެއޮތީ ވެސް. އެއީ ބްރިޖާ އައްޑޫގެ މަގުހެދުމުގެ ޕްރޮޖެކްޓަށް އިތުރު 20 މިލިއަން އިތުރު ކުރެވުނު އެ ބްރިޖަށް. އެއީ ހަންކެޑެ ތަރައްގީކުރުމަށް އަޅާ ޕްރޮޖެކްޓެއް. އެހެންވީމަ އަސްލު ހަންކެޑެ މަޝްރޫއު މިހާރު ވެސް އެއޮތީ ފެށިފަ. ހަންކެޑެ އިތުރުކުރުމަށް އިތުރު ކުރުމަށް ހިއްކާފަ އޮތް ބިން ވެސް އެއީ ހަންކެޑެ އިތުރަށް ތަރައްގީކުުރުމަށް ކުރީ ސަރުކާރުން ކުރި ކަމެއް. މިދިޔަ ސަރުކާރުން ހަންކެޑެ ޕްރޮޖެކްޓް ފަށައިފި. އަމަލީ މަސައްކަތް އޮތީ ފެށިފަ. ތަނުގެ އިމާރާތް ކުރުމާ، އެފަދަ ކަންކަން ކުރުމަކީ މުޅިން އެހެން ކަމެއް. ހަންކެޑެ ޕްރޮޖެކްޓްގެ އިންވެސްޓަރު ޑިވަލޮޕްކުރާ މީހުން ހޯދީ މިދިޔަ ސަރުކާރުން. އެއަށް އަގެއް ހޯދާ، އެޕްރޫވްކޮށް، އެއާއެކު ކުރިއަށްދާން ނިންމީ މިދިޔަ ސަރުކާރުން. ކޮންޓްރެކްޓަރު ބަދަލެއްނުވޭ. އަދިވެސް އެ ޑިވެލޮޕްކުރާ މީހުން މާދަން ރޭ މިބާއްވާ ރަސްމިއްޔާތުގަ ބައިވެރިވަނީ.
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު

މޭޔަރު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހަންކެޑެ މަޝްރޫއު އެގޮތަށް ކުރިއަށްގެންދަން މިސަރުކާރުން ނިންމުމަކީ އެކަމާއި އުފާކުރައްވާ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއްގެ ގެނެސްދޭ މަޝްރޫއެއް ކަމަށްވާ ހަންކެޑެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 މާޗް 2023ގައެވެ.

142.9 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، އަދި 64 ސަރވިސްޑް އެޕާޓްމަންޓުގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީކުރާނެއެވެ.

މި މަޝްރޫއާއެކު ގިނަ ވަޒީފާތަކެއް އުފެދި، އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް އައްޑޫސިޓީއަށް ލިބޭނެކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އައްޑޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ
އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އައްޑޫސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އައްޑޫ އެއާޕޯޓަށް ރައީސް މުއިއްޒުގެ ނަންފުޅު ދެއްވުމަށްފަހު ވިޔަސް މަޝްރޫއު ކުރިއަށް ގެންދަވާ: ރައީސް ޞާލިހު
18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ، ބްރިޖު މަޝްރޫއަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް ޞާލިހު