ކ. މާލެ
|
8 މާރޗް 2024 | ހުކުރު 11:36
ކޯލް ޕަލްމާ ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ކޯލް ޕަލްމާ ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
ޗެލްސީ
ބޮއެލީގެ ފުރަތަމަ އަހަރު ޗެލްސީ އަށް 90 މިލިއަންގެ ގެއްލުމެއް
 
ޗެލްސީން ބުނަނީ އެކުލަބު އަދިވެސް އޮތީ ފައިނޭންޝަލް ފެއާޕްލޭގެ ތެރޭގައި ކަމަށް

ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީގެ ފުރަތަމަ އަހަރު އެކުލަބަށް 90 މިލިއަން ޕައުންޑްގެ ގެއްލުމެއް ލިބިއްޖެ އެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަހާ ހަމައަށް ޕްރީ ޓެކްސްގެ ގޮތުގައި އެކުލަބުގެ ދަރަންޏަކީ 90.1 މިލިއަން ޕައުންޑެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. އޭގެ ކުރީ އަހަރު ޗެލްސީގެ ދަރަންޏަކީ 121.4 މިލިއަން ޕައުންޑެވެ.

ޗެލްސީން ބުނީ މި ދަރަންޏާއެކު ވެސް ކުލަބު އޮތީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ޔޫއޭފާގެ ފައިނޭންޝަލް ފެއާޕްލޭގެ ތެރޭގައި ކަމަށެވެ.

ބޮއެލީ ހަވާލުވި ފަހުން ޗެލްސީން ވަނީ ގިނަ އަދަދަކަށް ހޭދަކޮށްފަ އެވެ. މި ގޮތުން ކުޅުންތެރިން ގަތުމަށް މިހާތަނަށް 1 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ނަމަވެސް ގިނަ ކުޅުންތެރިން ގެނެސްފައިވަނީ ވަރަށް ދިގު މުއްދަތަކަށް ކަމަށްވުމުން ޗެލްސީގެ މާލީ ހިސާބުތަކުގައި ހުރި ފުށުއެރުންތަކާއި ގެއްލުން ކުޑަކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް