ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 18:47
އެކްސިޑެންޓުވި ކުއްޖާ
އެކްސިޑެންޓުވި ކުއްޖާ
ހުޅުމާލޭގައި އެކްސިޑެންޓުވި މީހާ ނިޔާވުން
ހުޅުމާލެ ޑިޓެންޝަން ސެންޓަރު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
 
ލަޔާން ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް
 
މި އެކްސިޑެންޓުގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި
 
ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން

ހުޅުމާލެ ޑިޓެންޝަން ސެންޓަރު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން ނިޔާވީ އޭނާއަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ބުރާސްފަތި ދުވަހުގެ 03:57 ހާއިރެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އާދީއްތަ ދުވަހުގެރޭ ދަންވަރު ހުޅުމާލެ ފޭސް އެކެއްގެ ގުލްއަލާމާ މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ. އަދި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އެ އެމަންޒަރު ފެނިފައިވަނީ 02:32ގައި ކަމަށާއި، އެތަނަށް ފުލުހުން އެޓެންޑުވެފައި ވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އެކްސިޑެންޓުވި ވޭނަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
0%
69%
13%
0%
6%
ކޮމެންޓް
ގުޅުންހުރި