ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 12:02
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ހަތަރު ލަނޑުގެ މޮޅާއެކު އިންޓަ އިން ލީޑު އިތުރަށް ފުޅާކޮށްފި
 
މޮޅާއެކު އިންޓަ އިން ވަނީ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފައި

އިޓާލިއަން ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން އެއް ވަނައިގައި ލީޑު އިތުރަށް ފުޅާކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ އިންޓަ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަ ޓީމަކީ ވެސް އިންޓަ މިލާން އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެޓަލަންޓާ އިންނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައިނުގަތުމަށެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ މަޓެއޯ ޑާމިއަން އެވެ. ފުރަތަމަ ހާފުގައި އިންޓަ އަށް ލީޑު ފުޅާ ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. ދެ ވަނަ ހާފުގަައި ދެ ވަނަ ލަނޑެެއް ޖަހަން މާޓިނޭޒް އަށް ފުރުސަތު ލިބުނެވެ. އިންޓަ އަށް ލިބުނު ޕެނަލްޓީ މާޓިނޭޒް ފޮނުވާލުމުން ރީބައުންސް އަށް ނުކުތް ބޯޅަ ގޯލަށް ވައްދާލީ، ފެޑެރީކޯ ޑިމާކޯ އެވެ. މެޗުގައި އިންޓަގެ ފަހު ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ޑާވިޑޭ ފްރަޓޭސީ އެވެ.

މޮޅާއެކު އިންޓަ އިން ވަނީ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 26 މެޗުން 69 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބެނީ 57 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް