ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 04:12
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ތަށި ނުލިބުނަސް އަހަންނަށް ވެރިންގެ ސަޕޯޓް އެބައޮތް: ޕޮޗެޓީނޯ
 
އަށް މަސް ދުވަހުން ފައިނަލެއް ކުޅެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް: ޕޮޗެޓީނޯ

ކަރަބޯ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް ޗެލްސީގެ ވެރިންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް ކޯޗު މައުރީނިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލިވަޕޫލް އަތުން ފަހު ވަގުތު ބަލިވެ، ތަށި ނުލިބުމުން އޭނާގެ ވަޒީފާ ދެމިއޮންނާނެ ކަމާމެދު ނޫސްވެރިން ސުވާލު އުފައްދާތީވެ އެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އަހަރެންނަށް ކުލަބުގެ ވެރިންގެ އިތުބާރު ފައިނަލް މެޗަށް ފަހު ވެސް އެބައޮތް. މެޗަށް ފަހު ސްޓޭޑިއަމުން ފެނުމުން އަހަރެން (ކުލަބުގެ ވެރިންނަށް) ގޮވާލިން. އޭގެ ފަހުން އަހަރުމެން ވާހަކަ ދެއްކިން. އެމީހުންގެ ސަޕޯޓް އަހަރެންނަށް އެބައޮތް
ޕޮޗެޓީނޯ

ޓޮޓެންހަމުގެ ކުރީގެ ކޯޗު ބުނީ 90 މިނިޓް ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ވެސް ފަހު މިނިޓްގައި ބަލިވި ފައިނަލް މެޗަށް ފަހު, ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޮއެލީ އޭނާ އަށް ވަރަށް ހާއްސަ މެސެޖެއް ފޮނުވި ކަމަށާއި އަދި އަނެއް ކޯ އޯނަރު ބެހެދާދް އިގްބާލީ މެޗަށް ފަހު ވަރަށް ރަނގަޅު މަޝްވަރާއެއް ކުރި ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގެރީ ނެވިލް މެޗަށް ފަހު ޗެލްސީގެ ބިލިއަން ޕައުންޑްގެ ސްކޮޑް ބަލިވީ، ލިވަޕޫލްގެ ކުޑަކުދިން އަތުން ކަމަށް ބުނެ ފާޑުކިޔާފައިވާތީވެ އެކަމަށް ވެސް ޕޮޗެޓީނޯ ޖަވާބުދިނެވެ. އޭނާ ބުނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗުކަމުގެ ފުރަތަމަ ހަތަރ އަހަރު ލިވަޕޫލެއް ތައްޓެއް ނުލިބޭ ކަމަށާއި ނަމަވެސް މިހާރު ލިވަޕޫލް ހޯދަމުންދަނީ ހައްގު ކާމިޔާބީއެއް ކަމަށެވެ.

"އަހަރުމެންނަށް އަދި މިވީ އެންމެ އަށް މަސް ދުވަސް. މި މުއްދަތުގައި ފައިނަލެއް ކުޅެވުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމާ މިއީ ފާޑުކިޔަންވީ ކަމެއްނޫން. ޓީމުގެ ކުރިމަގު އޮތީ ރަނގަޅަށްކަން ކުލަބުގެ ވެރިންނާއި ސަޕޯޓަރުންނަށް އެނގޭ
ޕޮޗެޓީނޯ

އޭނާ ބުނީ ސީޒަން ފެށުނުއިރާ އަޅާ ބަލާއިރު ޗެލްސީ ވަރަށް ބޮޑަށް ކުރިއަރައިފިކަމަށް އެންމެންވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ޗެލްސީގެ ތާރީހުގައި ތަށިތަކެއް ހޯދާފައިވުމުން އެކަން ނުވާހާ ހިނދަކު ފާޑުކިއުން އަމާޒުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް