ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 17:47
ހަލި މަގުގައި ހިނގި އެކްސިޑެންޓް
ހަލި މަގުގައި ހިނގި އެކްސިޑެންޓް
ރާއްޖެއެމްވީ
އެކްސިޑެންޓެއް ހިނގުން
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
 
ހުކުރު ދުވަހުގެ މެންދުރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވޭ

ހަލި މަގު (ބްރިޖު ހައިވޭގައި) ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ އެ މަގުގައި ހުރި ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް އަރައި، ކާރަށާއި ސޯލާ ޕެނަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ހުކުރު ދުވަހުގެ މެންދުރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެއެވެ. އެހެން ނަމަވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުން، ނޫ ކުލައިގެ ކާރު އޮތީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކުގެ ތެރޭގައެވެ. އަދި ކާރުގެ ކުރީކޮޅުގެ އިތުރުން، ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއްވަނީ ވެފައެވެ.އެގޮތުން ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ސްޓްރަކްޗާގެ، އެކްސިޑެންޓް ހިނގި ހިސާބުން ވަރަށް ބޮޑަށް ތިރިވެފައިއޮތްތަން ވީޑިޔޯ އިން ފެނެއެވެ. އަދި މުޅި ކާރަށް ވެސް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް