ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 11:44
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޝަމީމަށް ހަމަލާދިނުން
ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން
 
ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤު ކުރަމުން
 
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވޭ
 
އެމަނިކުފާނުގެ ޙާލު މިހާރު ރަނގަޅު

ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، ބުދަ ދުވަހުގެ ހެނދުނު، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށާއި، އެ ހަމަލާ، އެ އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަން ހިނގާފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށާއި، އެމަނިކުފާނަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، މި ހަމަލާއާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ކަމަށާއި، އެމަނިކުފާނުގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ.

މި ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤު ކުރަމުން ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ޙާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް