ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 09:00
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް
ރާއްޖެއެމްވީ
ހިތަދޫ-ހުޅުމީދޫ ބްރިޖު
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް ކުރުމަށް ޕްރޮޕޯސަލެއް ވަނީ ލިބިފައި، ދަނީ މަޝްވަރާކުރަމުން: ސަރުކާރު
 
ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ
 
ސާވޭތައް ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ދީފައިވޭ

އައްޑޫ ސިޓީގެ ހިތަދޫ-ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްގެ ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށާއި، އެ މަސައްކަތް ފެށުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ދަ އަރަބް ކޮންޓްރެކްޓާސް އިން އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެ ޕްރޮޕޯސަލްއާ މެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހަދަންޖެހޭ ސާވޭތައް އެކުންފުންނީގެ ފަރާތުން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ކުރަންޖެހޭ ސާވޭތައް އެކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީވެ އެކަން އެގޮތަށް ކުރަން ތައްޔާރަށް ތިއްބެވި ކަމަށް ވާނަމަ އެކަމުގެ މަސައްކަތް އެބޭފުޅުންނާއި މަޝްވަރާ ކުރެވި ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް

އައްޑޫ ސިޓީގެ ހިތަދޫ-ހުޅުމީދޫ ގުޅުވާލައިދޭ ބްރިޖަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިތަދޫ-ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް