ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 07:02
އިޓާލިއަން ލީގުގައި އިންޓަ އިން ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި އިންޓަ އިން ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
ޖެނޯ އަތުން އިންޓަ އެއްވަރު
 
އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 45 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން އެއްވަރުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޖެނޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުން މޮޅުވެ، އެއް ވަނައިގައި ލީޑު އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު އިންޓަ މިލާނަށް އޮތެވެ. ނަމަވެސް، މެޗު އެއްވަރުވުމުން، ލީޑު ފުޅާ ކުރެވޭ ގޮތް އެ ޓީމަށް ވަނީ ނުވެފަ އެވެ.

މެޗުގެ ލަނޑުތައް ފެނުނީ ހަމައެކަނި ފުރަތަމަ ހާފުގެ އެވެ. ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އިންޓަ މިލާނުންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކޯ އާނައުޓޮވިޗް އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖެނޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ރަޑޫ މަތެއި ޑްރަގުސިން އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަލްބާޓް ގުންޑުމްޑްސަން އެވެ.

ނަތީޖާއާއެކު ވެސް އިންޓަ އޮތީ އެއް ވަނައިގައި އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 18 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ އެއް ޓީމަކީ ވެސް އިންޓަ އެވެ. މި ސީޒަންގެ ލީގުގައި އިންޓަ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ތިން މެޗެއް އެއްވަރުވެފައިވާއިރު، 14 މެޗުން ވަނީ މޮޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް