ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 20:36
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)
ސަން އޮންލައިން
އަބްދުއްރަޙީމް އަބްދުﷲ
އަދުރޭ، އަނެއްކާ ވެސް މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ
 
އޭނާ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދު ދިނުމަށް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފައި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ މަޖިލިސް ތަމްސީލު ކުރެއްވި، އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ބަލިވެވަޑައިގެންނެވި އަބްދުއްރަހީމު އޭނާގެ ސޯޝަލް މީޑިޔާގައި އާންމު ކުރި ޕޯސްޓުން އިނގޭ ގޮތުން، ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ އިންތިހާބުގެ، ޕީޕީއެމް އަދި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވެސް އޭނާ ވާދަ ކުރައްވާނެ އެވެ.

އެގޮތުން އެ އިންތިހާބުގައި އެ ދާއިރާގެ ރައްޔިތުންގެ ތާއީދު ދިނުމަށް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަބްދުއް ރަހީމް ވާދަކުރެއްވި ނަމަވެސް، އޭނާ އެ އިންތިޚާބުން ބަލިވެވަޑައިގެންނެވީ އޭރު އެމްޑީޕީ ޓިކެޓުގައި ނުކުތް، ގާނޫނީ ވަކީލު މޫސާ ސިރާޖުއާ ވާދަކޮށްގެންނެވެ. އެހެން ނަމަވެސް ނިމުނު ރިޔާސީ އިންތިޚާބުގައި ސިރާޖު ވަނީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމް އާ ގުޅިވަޑައިގަންނަވައިފައެވެ.

ނިމުނު ރިޔާސީ އިންތިހާބުން ރައީސް މުއިއްޒު މޮޅުވެވަޑައިގެންނެވީ، އަބްދުއްރަހީމް އޭރު ރައީސެއްގެ ގޮތުގައި ހުންނެވި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. މިހާރު ރައީސްގެ ޚާއްޞަ އެޑްވައިޒަރު ކަމުގެ މަގާމުގައި އަބްދުއް ރަޙީމް ހުންނެވި އިރު، އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލް ހުންނެވީ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް