ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 05:55
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް އުރުދުޣާން އާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް އުރުދުޣާން އާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅު
ތުރުކީ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް
 
އައު ބާބުގެ ނަތީޖާއަކަށް ވެގެންދާނީ މިހާރަށް ވުރެ މާފުޅާދާއިރާއެއްގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުން

ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކުގެ އައު ބާބެއް ފެށިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ތުރުކީގެ ގުޅުމުގެ އައު ބާބުގެ ނަތީޖާއަކަށް ވެގެންދާނީ މިހާރަށް ވުރެ މާ ފުޅާދާއިރާއެއްގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުން ކަމަށެވެ.

ރައީސް އުރުދުޣާނާއި ތުރުކީގެ ވެރިން ރާއްޖެއަށް ދީފައިވާ ޚާއްޞަ ކަމަށްޓަކައި ދިވެހިންގެ ފަރާތުން ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ރައީސްގެ މިދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުޣާންގެ އިތުރުން އެ ގައުމުން ވަޒީރުންނާ ބައްދަލުކުރައްވާ ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައި ބައެއް އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފައިވެއެވެ.

ތުރުކީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް