ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 06:07
އިކޮނޮމިކް މިނިސްޓަރު އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން
އިކޮނޮމިކް މިނިސްޓަރު އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން
އިކޮނޮމިކް މިނިސްޓްރީ
ކޮޕީރައިޓް ޤާނޫނު
ކޮޕީރައިޓް ޤާނޫނާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
 
ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް

"ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު" އަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އާދީއްތަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ހިމާޔަތްކޮށްދީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ވެރިކަމުގެ ފުރަތަމަ 14 ހަފުތާގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މަގުޗާޓުގައި ހިމަނުއްވާފައިވާތީ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންއަންނަ ކަމަށެވެ. އެހެންވެ، އެ ޤާނޫނަށް އެއްވެސް އިސްލާހެއް ގެންނަން ބޭނުންވާނަމަ ނުވަތަ ގާނޫނާ ގުޅޭގޮތުން ޚިޔާލެއް އޮތްނަމަ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި