ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 08:48
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންގެ އިދާރާގައި
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންގެ އިދާރާގައި
ޕީޖީ އޮފީސް
ތަޙްޤީޤު ހަރުދަނާކުރުން
ތަޙްޤީޤުތައް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ޕީޖީ ޕޮލިހަށް
 
ނުނިމި ހުރި މައްސަލަތައް ނިންމުމުގައި ޤާނޫނީ ގޮތުން ދެވެން ހުރި ލަފައާއި އިރުޝާދު ދިނުމުގެ ޚާއްޞަ މަސައްކަތްތަކެ އިފްތިތާހުކޮށްފައިވޭ
 
ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޢާންމުންނަށް ޚިދުމަތްދޭން ހުރި ވަޞީލަތްތައް ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވާލެއްވި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ޖިނާއީ ތަޙްޤީޤުތައް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރާ މަސައްކަތުގެ ތެރެއިން، ގަލޮޅު ޕޮލިހަށް ޕްރޮސިކިއުޓަރ ޖެނެރަލް ޒިޔާރަށް ކުރައްވައިފިއެވެ.

މިޒިޔާރަތުގައި، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއާއި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމާއި، ޕީޖީ އޮފީހުގެ އެކި ޔުނިޓުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޢާންމުންނަށް ޚިދުމަތްދޭން ހުރި ވަޞީލަތްތައް ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވާލައްވައި، އިންވެސްޓިގޭޓަރުންނާ މަޝްވަރާ ކުރެއްވިއެވެ. ސްޓޭޝަންގެ އެކި މަސައްކަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެވޭނެ އެހީތެރިކަމާބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެއެވެ.

މި ސިލްސިލާ މަސައްކަތުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި ނުނިމި ހުރި މައްސަލަތައް ނިންމުމުގައި ޤާނޫނީ ގޮތުން ދެވެން ހުރި ލަފައާއި އިރުޝާދު ދިނުމުގެ ޚާއްޞަ މަސައްކަތްތަކެއް ވެސް ވަނީ އިފްތިތާޙު ކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް