ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 14:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް
މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
 
އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްވީ ހާޒިރުވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާޤުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގްރޫޕުން​ ފާސްކޮށްފިއެވެ.

ޕީޖީ ގްރޫޕުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްވީ ހާޒިރުވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން އެމްޑީޕީން ހުށަހެޅި ނަމަވެސް އެ މައްސަލަ އަނބުރާ ނަގާފައިވަނީ މަސްލަހަތަށް ބަލައި ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ ޑިމޮރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ އެމްޑީޕީން ވަނީ އެ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ނާކާމިޔާބުވެފައެވެ.

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދާއި ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދެ ރައީސުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްކޮށް ހުށަހަޅާފައި އޮތުމުން އޭގެ ތެރެއިން އެކެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް މީގެ ކުރިން ނަޝީދު އައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ