ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 18:48
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓް
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓް
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓް
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ
 
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވޭ
 
މި މައްސަލަ ވެނިސްގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެ
 
އެކްސިޑެންޓްވި ބަހުގައި ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފާންހިފާ، އަނދާފަ

ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އިޓަލީގެ މެސްޓަރގައި، ވެނިސް ކައިރީގައި ދަތުރުކޮށްފައި ދިޔަ ބަހެއް ބްރިޖުން ކައްސާލައިގެންނެވެ.

އަންގާރަ ދުވަހު ހިނގި މި ހާދިސާގެ މަންޒަރު ދުށް މީހުން ބުނީ ގިނަ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައިވާ ކަމަށެވެ. އަދި ބަސް ދުއްވާފައި އައީ ވަރަށް ބާރު ސްޕީޑުގައި ކަމަށް ވެސް މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އެ ބަހުގައި ދަތުރުކުރަމުން ދިޔަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ދުވަހުގެ ވަޒީފާ އަށް ފަހު އަނބުރާ ގެއަށް ދިޔަ މީހުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެކްސިޑެންޓްވި ބަހުގައި ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފާންހިފާ، އަނދާފައެވެ.

ވެނިސްގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން ސްޕީޑް ކޮންޓްރޯލް ނުކުރެވި ބަސް ބްރިޖުމަތިން ވިއްސައިގެން ދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މިއީ ހިތާމައިގެ ދަޑިވަޅެއް ކަަމަށާއި، ހާދިސާގައި މަރުވި މީހުންނަށް އަނިޔާވެފައިވާ މަންޒަރުތަކަކީ ބަލަން އުނދަނގޫ މަންޒަރުތަކެއް ކަމަށް ވެސް ހާދިސާ ހިނގި ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފައެވެ. މި ހާދިސާގައި އިތުރު 18 މީހަކަށް ވަނީ އަނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މި މައްސަލަ ވެނިސްގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް